މިއީ ކޮންމެ ދުވަހަކުވެސް ނުކޮށް ދޫކޮށްލަންވާނެ ދުޢާއެއް ނޫން! ލިބެން އޮތް ފައިދާ މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
މިއީ ކޮންމެ ދުވަހަކުވެސް ނުކޮށް ދޫކޮށްލަންވާނެ ދުޢާއެއް ނޫން! ލިބެން އޮތް ފައިދާ މާބޮޑު!

ޢިލްމްވެރިއަކު ވިދާޅުވިއެވެ. "ހިތުގެ ވިންދަކީ ދުޢާކުރުން ކަމުގައި ހަދައިފި މީހެއްގެ އެންމެ ހިމަނާރުތަކުގައި ލޭދައިރުވަމުންދާނީވެސް ދުޢާއިންނެވެ. އިޚްލާޞްތެރިކަމާއިއެކު ދުޢާކުރާ އަޅުންނަށް ﷲ ތަޢާލާ ކުއްތަންވެވޮޑިގަތުގައި އިމެއް ނެތެވެ."  

‏اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَق، وَالأَعْمَال، وَالأَهْوَاء‏ 

ދުޢާގައި އެކުލެވިގެންވާ މާނައީ އެ ﷲ ހަމަކަށަވަރުން އެންމެހައި ގޯސް އަޚްލާޤާއި ނުބައި ޢަމަލުތަކާއި އަދި ހަވާނަފުސުގެ ނުބައި ކަމުން މިއަޅާ ސަލާމަތްކޮށްދެވެވުމަށް އިނބަ ﷲ ގެ ޙަޟްރަތުން ރައްކައުިތެރިކަމަށް އެދުމުއެވެ.  

ޢަމަލުތަކުގެ ތެރެއިން މީޒާނުގައި އެންމެ ބުރަވެގެންވަނީ ރިވެތި އަޚްލާޤްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވާފައިވެއެވެ.  

قَدْ أَفْلَحَ مَن زَكَّاهَا

"އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ." (އައްޝަމްސް: 10) 

وَقَدْ خَابَ مَن دَسَّاهَا

"އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ."

ވީމާ ކޮންމެ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދެން ބޭނުންވިނަމަވެސް އެމީހާގެ ނަފްސް ޠޯހިރުކުރުމުގެ މުހިންމުކަން އެނގެން އެބަދެއެވެ. ނަފްސް ޠޯހިރުކުރުމަށްޓަކައި މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ. ދެދުނިޔޭގައިވެސް ތިބާއަށް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

DUA FOR ATTAINING GOOD CHARACTER 

Everything starts with you. The secret to attaining success is to purify the soul and have good character before anything else.

‏اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَق، وَالأَعْمَال، وَالأَهْوَاء‏ 

“O Allah! I seek refuge in You from undesirable manners, deeds, and aspirations”

(Sunan At-Tirmizi) 

The Prophet s.a.w. tells us the importance of good character in the hadith “There is nothing which will be put on the believer’s scale (on the Day of Resurrection) that is heavier than good morals.” (Sunan At-Tirmizi)

މިއަދު އޮންލައިން