ހެނދުނުވެސް އަދި އެހެންވަޤުތަކު ނަމަވެސް ގެއިން ނުކުންނަނަމަ މިދުޢާ ނުކިޔައި ނުނުކުންނާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހެނދުނުވެސް އަދި އެހެންވަޤުތަކު ނަމަވެސް ގެއިން ނުކުންނަނަމަ މިދުޢާ ނުކިޔައި ނުނުކުންނާށެވެ!: މުފްތީ މެންކް

ގޭގައި އަހުރެމެން ޤުރްއާން ކިޔަވައި، ޛިކުރުކޮށް، ނަމާދުކުރާތީ ގެތަކަކީ ރައްކައުތެރިކަން ލިބިގެންވާ ތަނެކެވެ. ނަމަވެސް ގެއިން ބޭރަށް ނުކުތުމާއެކު ހުރިހާ ނުބައިކަމަކާއި ޝައިޠޯނުންތައް އަހުރެމެން ވަށާލައެވެ. ޙަސަދަވެރިންގެ ކަޅުތައް އަމާޒުވެގެންދެއެވެ.  

އެހެންވެ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ގަނޑުވަރުކޮޅުން ނުކުމެވަޑައިގަންނަވަނީ މިދުޢާކުރައްވަމުންނެވެ. އަހުރެމެންނަށްވެސް އޮތީ ގެއިން ނުކުންނަނަމަ މިދުޢާކިޔުމެވެ.  

بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ 

ދުޢާގައި ބަޔާންކުރެވެނީ ﷲ ތަޢާލާގެ ނަންފުޅުގައި ގެއިން ނުކުންނަކަމެވެ. މިނުކުންނަކީ ﷲ ތަޢާލާގެ ޙަމްރަތަށް އިތުބާރުކުރާ ޙާލުގައި ކަމެވެ. އެންމެހައި ހެޔޮކަމަކާއި (ހެޔޮގޮތް މެދުވެރިވުމާއި) އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.  

ދުޢާކުރުމަށްފަހު ތިމާއަށް ހެޔޮ ރަޙްމަތް ލެއްވެވުމަށާއި ރައްކައުތެރިކަން ދެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ!  


- މުފްތީ މެންކްގެ ދަރުސަކުން 

- މިއަދުނޫސް  

މިއަދު އޮންލައިން