ތިމާގެ މައިންބަފައިންނާ އަނބިމިހާގެ މައިންބަފައިން ތަފާތު ނުކުރާށެވެ! އަނބިމީހާގެ މައިންބަފައިން ބަލިވެއްޖެނަމަ ވީހާ ރަނގަޅަށް ޚިދުމަތްކުރަން އަނބިމީހާއަށް ފުރުޞަތުދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތިމާގެ މައިންބަފައިންނާ އަނބިމިހާގެ
މައިންބަފައިން ތަފާތު ނުކުރާށެވެ! އަނބިމީހާގެ މައިންބަފައިން ބަލިވެއްޖެނަމަ
ވީހާ ރަނގަޅަށް ޚިދުމަތްކުރަން އަނބިމީހާއަށް ފުރުޞަތުދޭށެވެ!


ފިރިމީހާއަށް ލިބިދޭ ބާރުގެ ބޭނުންކުރަން އޮތީ ﷲ

ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ކައިވެނިކުރުމުން އަނބިމީހާގެ މައިންބަފައިންނާއިމެދުގައިވެސް ދެކެންޖެހޭނީ ތިމާގެ އަމިއްލަ މައިންފަދައިން ފަދައިންނެވެ. ވީމާ އަނބިމީހާގެ މައިންބަފައިން ބަލިވެއްޖެނަމަ އޮތީ ވީހާ ހެޔޮކޮށް ކަންކަން ކުރަން އަނބިމީހާއަށް ފުރުޞަތުދީ އެކަމަށް ބާރުއަޅައި ހިތްވަރުދިނުމެވެ.

ތިރީގައި އެވަނީ ވިސްނައިލުން މުހިންމު ދަރުސެކެވެ. 

ބައެއް ޙާލަތްތަކުގައި ކައިވެންނަށްފަހު އަނބިމީހާ ބަލައި ބޮޑުކުރި މައިންބަފައިންނަށް ޒިޔާރަތްކުރުން ފިރިމީހާ އެބަ މަނާކުރެއެވެ. އެމީހުން ބަލިވުމުން ޙާލުބަލަން ދިއުން ފަދަ ކަންކަން ކުރުން އެބަ މަނާ ކުރެއެވެ.

ނަމަވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަނބިމީހާގެ ބެލެނިވެރިކަން ލިބުމަކީ ބަލައި ބޮޑުކުރި މައިންބަފައިންނާއި ގުޅުން ކަނޑުވާލުމުގެ ޙައްޤު ލިބޭކަމެއް ނޫނެވެ. ވީމާ އެލެވެލްގައި ކަންކަން ކުރާނަމަ ފިރިމީހާއަށް ލިބިގެންވާ ބާރުތައް ނަގަން ޖެހޭނެފަދަ ޙާލަތުތައް ކުރިމަތިވެއެވެ. ފިރިމީހާގެ އެފަދަ އަމުރު ބަލައިނުގަނެ މައިންބަފައިންނަށް ޒިޔާރަތްކޮށް ޙާލުބަލަންޖެހޭ ފަދަ ޙާލަތުތައް ކުރިމަތިވެއެވެ. ވީމާ އަނބިމީހާގެ މައްޗަށް ކުރާއަމުރުތައްވެސް ހުންނަންޖެހޭނީ ވަކި ޙުދޫދުތަކެއްގެ ތެރޭގައެވެ.  

އަނބިމީހާ ދިރިއުޅޭނެ ތަނެއް ދެއްކުމާއި ތަނެއް ކަނޑައެޅުމުގެ ޙައްޤު އޮތީ ފިރިމީހާއަށެވެ. ދިރިއުޅޭނެ ތަނެއް ދެއްކުމަކީ ފިރިމީހާ ކުރަންޖެހޭނެ ކަމެކެވެ. އެހެންނަމަވެސް އަނބިމީހާގެ މަންމަ ނުވަތަ ބައްޕަ ބަލިވެގެން ޚިދުމަތްކުރަން ބޭނުންވެގެން ގާތުގައި ހުންނަން އަނބިމީހާ އެދިއްޖެނަމަ އެކަމަށް ރިޢާޔަތްކުރަން ފިރިމީހާއަށް ޖެހޭނެއެވެ. ރަނގަޅު ފިރިއަކުނަމަ އެކަން އެގޮތަށް ކުރާނެއެވެ. އެހެނީ މައިންބަފައިންނަށް ޚިދުމަތްކުރުމުގެ ފުރުޞަތަކީ އަބަދު ލިބޭނެ ފުރުޞަތެއް ނޫނެވެ. ވީމާ ލިބޭ ވަގުތުގައި ފުރުޞަތުގެ ބޭނުން ހިފަންވާނެތީއެވެ.  

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

 

މިއަދު އޮންލައިން