ކައިވެނިކުރެވެން އުޅޭމީހާއަށް މިގޮތަށް މާކްސްދޭށެވެ! ސުމެއް ލިބިއްޖެ މީހަކާ ކައިވެނި ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކައިވެނިކުރެވެން އުޅޭމީހާއަށް މިގޮތަށް
މާކްސްދޭށެވެ! ސުމެއް ލިބިއްޖެ މީހަކާ ކައިވެނި ނުކުރާށެވެ!


މިލިޔުން ނުވަތަ ނަޞީޙަތް ޚާއްޞަ މިކުރަނީ ކައިވެނިކުރެވެން މިއުޅެނީ ރަނގަޅު މީހަކާކަން ދެނެގަންނަން އުނދަގޫވެގެން ސުވާލުކުރައްވާ ކިޔުންތެރިންނަށެވެ. މިލިޔުމުގައިވާ ގޮތަށް މާކްސްދީގެން ކުރާކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

ކައިވެނިކުރަން ނިންމުމުގެ ކުރިން ލިބެން އުޅޭ ބައިވެރިޔާގެ ޙަޤީޤީ ޙާލަތު ވަރަށް ރަނގަޅަށް ދެނެގަންނަންޖެހޭނެއެވެ. އެހެންވެ މިބުނެދެނީ އޭނާއަށް މާކްސްދޭންވީ ގޮތެވެ.  

ފުރަތަމަ ކަމަކަށް އޭނާއަކީ ދީނަށް ލޯބިކުރާ މީހަކުނަމަ ޝީޓްގައި 1 ލިޔާށެވެ. ދެން ރީތިކަމާއި ތަނަވަސްކަމާއި އެހެންވެސް ތިބާ ބޭނުންވާ ކަމެއް އެމީހެއްގެ ކިބައިގައި ހުރިނަމަވެސް 1 ގެ ކަނައަތް ފަރާތަށް 0 އިތުރުކުރަމުން ގެންދާށެވެ. ތިބާ ބޭނުންވާ ސިފަތައް އޭނާގެ ކިބައިގައި ގިނަނަމަ ސަތޭކައިން ހާހުން ލައްކައިން މިލިއަނުން ޢަދަދު ބޮޑުވެގެންދާނެއެވެ.  

ވިސްނާލަންވީ ހަމަ އެންމެ ކަމަކަށެވެ. އެމީހާގެ ކިބައިގައި ދީންވެރިކަން ނެތިގެން 1 ނަގަން ޖެހިއްޖެނަމަ ދެން ހުންނާނީ ހުސް ސުންތަކެކެވެ. އެއިރުން އެއްވެސް ޢަދަދެއް ނެތުނީއެވެ. ސަބަބަކީ ކިތަންމެ ގިނަ ސުންތަކެއް ލިޔުނަސް ޢަދަދަކަށް ނުވާނެތީއެވެ.

ކުރު ގޮތަކަށް މިބުނަނީ ތިބާ ބޭނުންވާ ކިތަންމެ ގިނަ ސިފަތަކެއް އެމީހެއްގެ ކިބައިގައި ހުރިނަމަވެސް އޭނާގެ ކިބައިގައި ދީންވެރިކަން ނެތްނަމަ އެއީ ހަމަ ސުމެއްގެ މީހެކެވެ. އެފަދަ މީހަކާއި ކައިވެނިކޮށްގެން ކުރާނެ އެއްވެސް ފައިޑާއެއް ނުއޮންނާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން