ގޮނޑީގައި އިނދެގެން ނަމާދުކުރަންޖެހުނަސް ކޮޅަށް ހުރެވޭނަމަ ކޮޅަށް ހުންނަންޖެހޭ މަޤާމުތަކުގައި ތެދުވެހުންނަންވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގޮނޑީގައި އިނދެގެން ނަމާދުކުރަންޖެހުނަސް ކޮޅަށް ހުރެވޭނަމަ ކޮޅަށް ހުންނަންޖެހޭ މަޤާމުތަކުގައި ތެދުވެހުންނަންވާން!

މިއީ ހަނދުމަކޮށްދިނުމެކެވެ. ޢުޒުރުވެރިންނަށް ނަމާދުކުރުމަށް ވަނީ ލުއިފަސޭހަ ްގޮތްތައް މިންވަރު ކުރައްވަވައިފައެވެ. އެލުއިފަސޭހަކަން ލިބިގަތުމަކީ މައްސަލައައެއް ނޫނެވެ. މައްސަލައަކަށްވަނީ ނަމާދުނުކުރުމެވެ.  

ސުވާލު:. އިށީންދެގެން ނަމާދު ކުރެވޭނެ ޢުޒުރު ތަކަކީ ކޮބައިތޯ؟

ސިޒޭރިއަން ހަދާފައިވާ އަންހެނަކު އޭނާ ސަޖިދައަށް، ރުކޫއަށް ދާއިރު ބަނޑަށް އަދި މައި ބަދައަށް ތަދުވާތީ އިށީންދެގެން ކުރެވިދާނެތޯ؟ މިހާރު 1 އަދި ހާފް އިޔާރސް ވަނީ.  

ޖަވާބު:. ކޮޅަން ހުރެގެން ނަމާދު ކުރަން ޢުޒުރުވެރި ވާނަމަ ނުވަތަ ރުކޫޢު، ސުޖޫދު ކުރަން އުޒުރުވެރި ވާނަމަ ގޮނޑީގައި އިށީންދެގެން އިނދެ ނަމާދު ކުރެވިދާނެ، ނަމަވެސް ކޮޅަށް ހުރެވޭ ހިސާބުގައި ކޮޅަށް ހުންނަން  ވާނެ.

ސުވާލު:. ދަތުރުމަތީ ބަންގި ގޮވުމާ ބެހޭގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟  

ޖުވާބު:. ދަތުރު މަތީގައި ހަމަ އެކަނި ޤަމަތް ދީފައި ނަމާދު ކުރީމައި ފުދޭނެ. إِنْ شَاءَ الله 

ސުވާލު:. ހުން އައިސް ގައިގައި ރިއްސާ ވަރުބަލިވެފައި ހުންނަ ޙާލަތް ތަކުގައި ނަމާދު ޖަމްޢު ކުރެވިދާނެތޯ؟ 

ޖަވާބު:. ޤަޞްރު ނުކޮށް ހަމައެކަނި ޖަމްޢު ކުރެވިދާނެ.

     

- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން