ކަސްރަތުކުރިޔަސް ބަނޑުން ސަރުބީ ނުވިރި ބަނޑު ނުހިދޭ މައްސަލައަށް މިއޮތީ ލުއި ބުއިމަކުން އަވަސް ފަރުވާއެއް ހޯދެން!

ކިޔުމަށް ހޭދަވާނީ 1މ 15ސ
ކަސްރަތުކުރިޔަސް ބަނޑުން ސަރުބީ ނުވިރި ބަނޑު ނުހިދޭ މައްސަލައަށް މިއޮތީ ލުއި ބުއިމަކުން އަވަސް ފަރުވާއެއް ހޯދެން!

ސިއުޒާ 

ރޭގަނޑު ފުރިހަމައަށް ނިދުމަށް ފަހުގައިވެސް ހެނދުނު ތެދުވާއިރު ވަރުބަލިކަން އިޙްސާސް ކުރެވޭތޯ؟ އަބަދު ބަނޑު ފުރިފަ ހުންނަކަހަލަ އިހްސާސް ކުރެވި، ކޮންމެ ކަމެއް ކުރިއަސް ބަނޑުގަ ހުންނަ ފެޓްގެ ބައި ނުވިރިގެން އުޅެންޖެހޭތޯ؟ 

އެއީ ކަންނެތް ކަމަކުން ނޫނެވެ. އަދި އެއީ އުމުރުން ދުވަސް ވުމެއްވެސް ނޫނެވެ. އެއީ ތިބާގެ ލިވާ އެހީތެރިކަމަށް ބޭނުންވެގެން ގޮވާ ގޮވުމެވެ.

ބޭނުންވާނެ ތަކެތި: 

2/1 ލުނބޯ

1 ސައި ސަމުސާ ރީނދޫ

1 ސައި ސަމުސާ މާމުއި

1 ސައި ސަމުސާ އެޕަލްސިޑަރ ވިނިގަރ

ބީޓްރޫޓް ޕައުޑަރ

ހޫނު ފެން  

ހޫނު ފެން ފޮދު ތެރެއަށް ލުނބޯފަޅި ފެލައިލާށެވެ. އަދި ދެން ހުރި ތަކެތިވެސް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ފުރާނާލުމަށްފަހު ކޮންމެ ދުވަހެއްގެ ހެނދުނު ހުސް ގޮހޮރާ މީގެ އެއް ތަށި ބޯލާށެވެ.

 

މިއިން ލިވާގައި ގިނަ ދުވަހު ހަރުލާފައި ހުންނަ ބައިތައް ނެއްޓި ލިވާ ސާފުވެގެން ދެއެވެ. އަދި ހަލާކުވެފައި ހުންނަ ސެލްސްތައް މަރާމާތުކޮށްލަ ދެއެވެ.

 

ބީޓްރޫޓް މީ ގިނަ މީހުންނަށް ނޭންގުނު ނަމަވެސް އޭގެ ސަބަބުން އެހެން ހުރިހާ އެއްޗެއްގެ މަސެއްކަތް ފުރިހަމަ ކުރެވުމުގެ ސަބަބެވެ. ބީޓްރޫޓްގެ ސަބަބުން ނޭޗުރަލް ނައިރޭޓްސް ގިނަ އަދަދަކަށް ލިވާއަށް ލިބިދެއެވެ. މި މާއްދާ ތިބާގެ ހަށިގަނޑުގެ ތެރޭގައި ނައިޓްރިކް އޮކްސައިޑަށް ބަދަލުވެގެން ދެއެވެ. އޭގެ ސަބަބުން ބްލަޑް ވެސަލްސަތައް ހުޅުވެއެވެ. އެހެންކަމުން ލިވާގައި ގިނަ ދުވަހު ހަރުލާފައި ހުންނަ ބައިތަށް ބޭރުކޮށްލުމަށް ފުރުސަތު ލިބިގެން ދެއެވެ.

 

--މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން