މިއީ ސުވަރުގެ ވަންނަން ގިނަ ބައަކަށް ލިބޭ ފުރުޞަތެއް! އެކަމަކު ގިނަބައަކު ނަގައިލާ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިއީ ސުވަރުގެ ވަންނަން ގިނަ ބައަކަށް ލިބޭ ފުރުޞަތެއް! އެކަމަކު ގިނަބައަކު ނަގައިލާ ފުރުޞަތެއް!

މިއީ ކުޑަކުޑަކަމަކުން ވަރަށް ފަސޭހައިން ސުވަރުގެ ވަންނަން ލިބޭ ފުރުޞަތެއްގެ ވާހަކައެވެ. ނަމަވެސް ގިނައީ އެފުރުޞަތު ނަގާލައި ފާފަވެރިވާ މީހުންނެވެ.  

އެންމެ ގާތް އެކުވެރިނަ ކަމަށް ހެދިގެން ތިބެވެސް ލިބޭ ފުރުޞަތުތަކުގައި އެކުވެރިޔާގެ އަގު ވައްޓައިލާ މީހުންނާއި އަދި އެކުވެރިޔާ ބަދުނާމްކުރާ މީހުން ބައިވަރެވެ. އެގޮތަށް އެކަންކުރުމުން ވާނީ ފާފަވެރިއެވެ. އެއިގެ ބަދަލުގައި އެކުވެރިޔާ ދިފާޢުކޮށްދީގެން ސުވަރުގެ ވަދެވެން އެބައޮތެވެ!  

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.  

قال رسول الله ﷺ: من ذبَّ عن عرض أخيه بالغِيبة، كان حقًّا على الله أن يعتقه من النَّار 

"ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: އަޚާ ނެތްތަނުގައި އޭނާގެ އަބުރަށް އަރައިގަނެވޭ ހިނދު، އަޚާ ދިފާޢުކޮށްދީފި މީހާ ނަރަކައިން މުއްތިކުރެއްވުން اللهގެ ޛާތުފުޅަށް ޙައްޤުވެއްޖެއެވެ".

(رواه أحمد)

- ޝައިޚް މުޙައްމަދު ޝިފާން 

(އެއްވެސް ޙާލެއްގައި މިޙަދީޘްފުޅުގައި އެވަނީ ޙައްޤު ނޫން ބަސްބުނެގެން ދިފާޢުކުރަން މަސައްކަތްކުރުމެއް ނޫނެވެ. ކޮންމެ ޙާލެއްގައިވެސް ބުނަން ޖެހޭނީ ޙައްޤުބަހެވެ. މިސާލަކަށް މީހަކު ކަމެއް ކޮށްފައިވާނަމަ އޭނާ ކުރި ކަންތައް ނުކުރާކަމަށް ހަދަން މަސައްކަތްކުރުމެއް ނެތެވެ. ނަމަވެސް އޭނާ އެކަންކުރީ ނުބައި ނިޔަތެއް ނެތިކަން އެނގޭނަމަ އެވާހަކަ ބުނަންވާނެއެވެ.  

ހަމައެއާއިއެކު ތިމާ ރުހޭ މީހާ ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް އެއީ ކުށެއްކަމަށް ޤަބޫލުނުކޮށް އޭނާގެ ދިފާޢުގައި ވާހަކަދެއްކުމެއްވެސް ނެތެވެ. އޭނާ ކުރީ ކުށެއް ނަމަ އެކަން ޤަބޫލުކުރާށެވެ. އަދި އެމީހަކު ރަނގަޅު ކަންކަން ކޮށްފައިވާނަމަ އެކަންކަމުގެ ވާހަކަދެއްކިދާނެއެވެ.)

މިއަދު އޮންލައިން