ވަޒީފާ ނުލިބުމާއި ރިޒުޤު ދަތިވުން ކުރިމަތިވާނަމަ ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ކަންކަން- ޝައިޚް އާސިމް އަލް-ޙަކީމް

ކިޔުމަށް ހޭދަވާނީ 48ސ
ވަޒީފާ ނުލިބުމާއި ރިޒުޤު ދަތިވުން ކުރިމަތިވާނަމަ ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ކަންކަން- ޝައިޚް އާސިމް އަލް-ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ 

ސުވާލު: ޝައިޚްއެވެ! މީހަކަށް ރިޒުޤު ދަތިވެ، ކަންކަން ބެދިފައިވާނަމަ ހަދާނީ ކިހިނެއްތޯއެވެ؟ ވަރަށް ބޮޑަށް މަސައްކަތް ކުރުމުންވެސް ރަނގަޅު ވަޒީފާއެއް ނުލިބިއްޖެނަމަ، އެމީހަކު ކަންތައް ކުރަންވީ ކިހިނެއްތޯއެވެ؟ 

ޖަވާބު: އާދެ، އެކަށީގެންވާ ވަޒީފާއެއް ނުލިބިގެން ނުވަތަ ރިޒުޤު ދަތިވެ، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ މީހާ، ތިރީގައިމިވާ ކަންކަން ޤަބޫލުކޮށް ހިތުގެ އަޑިން ޔަޤީންކުރަން ޖެހެއެވެ.  

އެހެންކަމުން އުއްމީދު ކަނޑާނުލާށެވެ. އަދި ﷲ އާމެދު ހެޔޮގޮތުގައި ވިސްނުން ބަހައްޓާށެވެ.

ތިބާ ސަޖިދަގައްޔާއި، ބަންގިއާއި ގަމަތާއި ދެމެދުގައްޔާއި، އަދި ރޭގަނޑުގެ ފަހު ތިންބައިގާ ގިނަގިނައިން ދުޢާކުރާށެވެ. އަދި ސަބަބުތަކުގައި ހިފާށެވެ. އަދި ﷲ ތިބާ އެދޭ ކަންތަކާއި، އޭގެ އިތުރަށްވެސް މާ އަވަހަށް ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިތުގައި ބާއްވާށެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

 

މިއަދު އޮންލައިން