ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ ދަރިން ލިބިފައިވުމަކީ ހެޔޮލަފާ ފިރިއަކު ލިބުމަށް އޮންނަ ހުރަހެއް ކަމަށެވެ. ނަމަވެސްއެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދަރިން ލިބިފައި ތިބޭ އަންހެނުންނަށް ހެޔޮލަފާ ފިރިއަކު ލިބެން އުނދަގޫވާ ސަބަބަކީ ދަރިން ތިބުމެއް ނޫނެވެ. ހެޔޮލަފާ މީހުން މަދުކަމެވެ. ދަރިން ނެތަސް ހެޔޮލަފާ ފިރިއަކުވެސް އަދި އަނތބަކުވެސް ލިބުން މިއަދު މިއޮތީ ބޮޑުކަމަކަށްވެފައެވެ.
ދެން ފާހަގަކުރަންޖެހޭ ކަމަކީ ސުންނަތަށް ޢަމަލުކުރާ ކަމަށް ބުނިނަމަވެސް ސުންނަތަށް ޢަމަލުކުރާ މީހުން މަދުކަމެވެ. ވީމާ އެކަނިވެރި މައިންނާއި އަދި ހުވަފަތް އަންހެނުންނާއި ކައިވެނިކުރަން ފަސްޖެހެނީއެވެ. އެމީހުން ސުންނަތުގެ ތެރެއިން ހިފަހައްޓަން ބޭނުންވާ ކަމަކީ ގިން އަނބިން ހޯދުމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ކައިވެނިފުޅު ބައްލަވައިގެންނެވި އަނބިއނބިކަނބަލުންނަސް ބަލާކަށް ބޭނުމެއް ނުވެއެވެ. ބަލާނަމަ ހުވަފަތް އަންހެނުންނާއިވެސް އަދި އެކަނިވެރި މައިންނާއިވެސް ކައިވެނިކުރީހެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމް ކުރެއްވެވި ކައިވެނިފުޅުތަކުން ލިބިގަންނަންޖެހޭ އެންމެ ބޮޑު އެއްފިލާވަޅަކީ ހުވަފަތް އަންހެނުންނާއި އަދި ދަރިންތިބި އަންހެނުންނާއި ކައިވެނިކުރަން ﷲ ތަޢާލާ ރުހިވޮޑިގެންވާ ކަމެވެ. އަދި ޢިއްފަތްތެރި (ބިކުރުވެރި) އަންހެނުންނާއިވެސް ކައިވެނިކުރަން ރުހިވޮޑިގެންވާ ކަމެވެ.
ލޮބުވެތި ކަނބަލުންނޭވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކައިވެނިފުޅު ކުރެއްވެވި ބޭބޭކަނބަލުންގެތެޜޭގައި އެކަނިވެރި މައިންނާއި ހުވަފަތް ބޭބޭކަނބަލުން ހިމެނިވަޑައިގަންނަވައެވެ. އުންމު ސަލަމާއަށް ބެލިނަމަވެސް 4 ބޭފުޅުން ތިއްބެވިއެވެ. އެބޭކަނބަލުންނަށް އެލިބިވަޑައިގަތީ އެންމެ މަތިވެރި އިންސާނާއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.
ތިއަ ކަނބަލުންވެސް މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ހެޔޮލަފާ ފިރިން ދެއްވަވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން