އަނބިމީހާ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުމާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ގުޅުންހުރި މަޢުލޫމާތު އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
އަނބިމީހާގެ އާމްދަނީ އާއި ފައިސާ، ގަހަނާ އަދި މުދަލާ ބެހޭގޮތުން ސުވާލު ކުރުމުގެ އެއްވެސް ޙައްޤެއް ފިރިމީހާއަށް ލިބިގެނެއް ނުވެއެވެ. އެ ޙައްޤު އެމީހުންނަށް އެއްގޮތަކަށްވެސް ލިބިގެނެއް ނުވެއެވެ.
"އަހަރެމެންނަށް ލިބިގެނެއް ނުވޭ އޭނަ ގާތު ބުނުމުގެ ޙައްޤެއްވެސް، އަހަރެމެންނަށް އަންގަން ޖެހޭނެކަމަށް ކޮންތާކަށްތޯ އޭނަ ފައިސާ ހަދިޔާ ކުރަނީ؟، ކޮންތާކަށްތޯ އޭނަ ފައިސާ އިންވެސްޓް ކުރަނީ؟، ކޮންއެއްޗެއްސެއްތޯ އޭނަ ފައިސާއަށް ގަންނަނީ؟، ކިހިނެއްތޯ ޚަރަދު ކުރަނީއެ ފައިސާ؟"
އެކުވެރި އަޚުންނާއި އުޚްތުންނޭވެ! މިބަޔާންކުރި އެއްވެސް ކަމަކަށް އަހަރެމެން (ފިރިހެނުން) ނަށް އެއްވެސް ޙައްޤެއް ލިބިގެނެއް ނުވެއެވެ.
އަހަރެމެން ބޭނުންނަމަ، އަހަރެމެންނަށް އޭނައަށް ނަސޭހަތް ދެވިދާނެއެވެ. އަދި ކަން ކުރަންވީ ގޮތް ބުނެދެވިދާނެއެވެ. "ނޫންނަމަ އެއްވެސް ޙައްޤެއް ނެތް. އޭނަގެ މުދަލުން ނުރައްކަލެއް އޭނަގެ އާއިލާޢަށް ގެނެސްފި ހާލަތެއްގައި މެނުވީ، އަދި އެ މުދަލުން އޭނަ ހަރާމް ކަމެއް، ޑްރަގް ފަދަ ޢަމަލެއް ކޮށްފި ހާލަތެއްގައި މެނުވީ"އެވެ.
އެފަދަ ހާލަތެއްގައި އެކަމަށް އިރުޝާދު ދޭން ފިރިމީހާއަށް ޖެހޭނެއެވެ. ސަބަބަކީ ފިރިމީހާ އޭނާގެ އާއިލާ ހިމާޔަތް ކުރަން ޖެހޭނެތީއެވެ. އަދި އަނބި މީހާ ވެސް އާއިލާއާއި މެދު ވިސްނަން ޖެހޭނެއެވެ. އެކަމަކު އޭގެ އިތުރަށް އަހަރެމެންނަށް އެއްވެސް ޙާއްޤެއް ލިބިގެނެއް ނުވެއެވެ. އޭނާގެ މުދަލަކީ އެއްކޮށްވެސް އޭނަގެ ޙައްޤެކެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން