ތިންފަށްވެއްޖެނަމަ އަންހެނާ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ތިންފަށްވެއްޖެނަމަ އަންހެނާ ޢަމަލުކުރަން އޮތް
ގޮތް-

 

ފަސްކަނޑަން ކައިވެނިކުރުމުގެ ޘަޤާފަތެއް މިހާރަކު ނެތެވެ. މީހުން ހޭލުންތެރިވެއްޖެއެވެ. ނަމަވެސް މިމައްސަލަ އަދިވެސް އެބަ ކުރިމަތިވެއެވެ. މައްސަލަ ކުރިމަތިވަނީ ދެމަފިރިން ވަކިވާން ބޭނުންނުވާއިރުވެސް ރުޅިމަތީގައި ވަރިކުރަމުންގޮސް ތިންފަށްވާތީއެވެ.

ރުޅިމަތީގައި ވަރިކުރަމުންގޮސް 3 ފަށްވެ ކައިވެނިރުޖޫޢަކުރުމުގެ ބާރުކެނޑުމުން ގޮތްހުސްވެ ވަރިނުކުރާ ކަމަށް ހަދައިގެންވެސް އެބައުޅެއެވެ. އެއިރުން އެދެމަފިރިންނަށް އެތިބެވެނީ ފާފަކުރެވުންމަތީގައެވެ. ދެމީހުންގެ މެދުގައި އޮންނާނީ ހިލޭ މީހުންގެ ޙުކުމެވެ.   

ފަށްކަނޑަން ކައިވެނިކުރުމާއިބެހޭ ގޮތުން ކުރެވޭ ސުވާލުތަކަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ފަށް ކެނޑުން ކިޔަނީ އެއް ދެމަފިރިއަކު 1 ފަހަރު، 2 ވަނަ ފަހަރު 3 ވަނަ ފަހަރަށް ވަރިކުރުމުން އެހެން ފިރިހެނަކާއި ކައިވެނިކުރުމަށްފަހު ނޫނީ ކުރީގެ ފިރިމީހާ އާއި 4 ވަނަ ކައިވެނި ނުކުރެވޭނެތީ 3 ފަށްވުމުން އެހެން ފިރިހެނަކާއި ކައިވެނިކުރުމަށެވެ. ކުރީ ޒަމާނުގައި ފަށްކަނޑަން ކައިވެނިކޮށްދޭ ފިރިހެނުން ތިއްބެވެ. އެމީހުންގެ ނަން ކިޔައި އުޅޭނީ ނަމުގެ ކުރިއަށް ފަށްކަނޑާ ލައިގެންނެވެ. މިސާލަކަށް ފަށްކަނޑާ ޢަލީ ފަދަ ނަންނަމެވެ.

ނަމަވެސް މިއީ އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. އޮތީ 3 ފަށް ވެއްޖެނަމަ އޮތީ އެހެން ފިރިހެނަކާއި ކައިވެނިކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ. ފަށްކެނޑުމަށް ކައިވެނިކުރުމެއް ނެތެވެ. ވީމާ ފަށްކެނޑުމުގެ ބޭނުމުގައި ކައިވެންޏެއް ނުކުރެވޭނެއެވެ. އެއީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް 3 ފަށްވުމުން ދިރިއުޅެން ކައިވެނިކުރި މީހާއާއިއެކު ނުއުޅެވިގެން ވަރިކޮށްފިނަމަ ކުރީގެ ފިރިމީހާ އާއި ކައިވެނިކުރެވިދާނެއެވެ. އެކައިވެނި ހުއްދަވާނެއެވެ.  

ކޮންމެއަކަސް ފަށްކެނޑުމާއިބެހޭ މިފަދަ ޘަޤާފަތެއް ރާއްޖޭގައި އެއިރު އޮތް ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އިސްލާމް ދީން އެކަމަށް ހުއްދަކުރާތީ ކުރަމުން އައިކަމެއް ނޫނެވެ. އެކަމުގެ ޙުކުމް ނުއެނގޭތީ ކުރަމުން އައި ކަމެކެވެ. "ފަށްކަނޑަން ކައިވެނިކުރުމަކީ ޙަރާމްކަމެއް" ކަމަށް އެއިރު ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ ކުރުން ހުއްދަ ނޫން ކައިވެންޏެއް ކުރާތީކަމަށް ބެލެވެއެވެ.

 

--ލިޔުމުގައި ހިމެނޭ ދީނުގެ ޙުކުމް: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

 

މިއަދު އޮންލައިން