ފާޚާނާ ކިތަންމެ ރީތިވެފައި ފުރިހަމަނަމަވެސް އެއީ ގޭގައި ހުރި އެންމެ ނުރައްކައުތެރިތަނެވެ. އެއީ އެތަނުގައި ހާލިހަދައިގެން ޝައިޠޯނުންތައް ތިބޭތީއެވެ. ވީމާ ވަންނައިރުވެސް އަދި ނުކުންނައިރުވެސް ދުޢާތައް ކިޔައި ރައްކައުތެރިކަން ލިބިގަންނާށެވެ!
ކޮންމެ ބޭނުމަކު ނަމަވެސް ފާޚާނާއަށް ވަންނަމުންނާ ނުކުންނަމުން މިދުޢާ ކުރާށެވެ!
ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ» [متفق عليه]
މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއަށް ވަދެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.
«اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ»
މާނައީ: "އޭ ﷲ! ނުބައިވެގެންވާ ފިރިހެން ޝައިތާނުންނާއި ނުބައިވެގެންވާ އަންހެން ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ ﷲ ޙަޟްރަތަށް ދަންނަވަމެވެ."
[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله]
ފާޚާނާއިން ނުކުންނަމުން ކިޔާ ދުޢާ
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا خَرَجَ مِنَ الْغَائِطِ قَالَ: «غُفْرَانَكَ» [رواه أحمد]
މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއިން ނިކުމެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.
«غُفْرَانَكَ»
މާނައީ: “އޭ ﷲ! މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވަމެވެ." [ރިވާކުރެއްވީ އިމާމް އަޙުމަދު رحمه الله]
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –