މިވާހަކަ ބުނީމާ ގިނަ ބައަކު ރުޅިއަންނާނެއެވެ.
ރުޅި އެއަންނަނީ ނިޔަތް ރަނގަޅު ނޫން މީހުންނެވެ. އަންހެނުންގެ ކިބައިން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުންނެވެ. ވީމާ އެމީހުން ރުޅި އަތުވެދާނެތީ ކަންބޮޑުވުމެއް ނެތެވެ.
ލޯބިވެގެން ކުޑަދުވަސްކޮޅެއްވާއިރަށް އަތްދިއްކުރާނެއެވެ. އަތްދިއްކުރާއިރަށް ބުނާށެވެ! ލޯތްބަކީ އަތުންވާ އެއްޗެއް ނޫނެވެ. ހިތުންވާ އެއްޗެކެވެ. އަތުން ކުރަން އޮތްކަމަކީ ލޯނީގައި ތެދުވެރިވުމެވެ އަވަހަށް ކައިވެނިކުރާށެވެ! މިފަދައިން ބުނުމުންވެސް އަތްދިއްކުރާނަމަ އެމީހަކަށް އަވަހަށް ރަތްކާޑު ދައްކާށެވެ!
ރީތި ކަމަށް ބުނެ ސިފައަށް ތަޢްރީފްކުރާނަމަ އެކަމުގެ ފަހަތުގައި އޮންނާނީ އަތްއިސްކުރަން މަގުފަހިކުރުމެވެ. އެޙާލަތުގައި ބުނާށެވެ! "އަހުރެންގެ ސިފައަށް ތައްރީފްނުކުރާށެވެ! ސިފައަކީ މާދަމާވެސް ބަދަލުވެދާނެއެއްޗެކެވެ."
ގިނަ އަންހެނުންނަކީ ވަރަށް ވިސްނުން ރަނގަޅު ތޫނުފިލި ބައެކެވެ. ނަމަވެސް މިބުނި ދެޙާލަތުގައި ވިސްނުން ތޫނުނުކުރެވިއްޖެނަމަ އެއްވެސް ތޫނުފިލިކަމެއް ނެތެވެ. ބުއްދީގެ ބޭނުން އެއޮތީ ނުކުރެވިފައެވެ.
ޝައިޠޯނާ މީހުން ލައްވައި ފާފަކުރުވާފައި ދުރުގައި ހުރެގެން މަލާމާތްކޮށް ހޭނފަދައިން އަހުރެމެންގެ ގައިގައި އަތްލެވުމުން އެއޮތީ އެމީހުން ބޭނުންވާ ކަންކަން ޙާޞިލުކުރެވިފައެވެ. އެހިސާބުން އަހުރެމެންގެ މޮޔަކަމަށް މަލާމާތްކޮށް ހޭނެއެވެ. އަދި ފަޚުރުވެރިކަމާއިއެކު އެވާހަކަތައް ދައްކާނެއެވެ.
އަހުރެމެންގެ ހަށިގަނޑުގެ އަގު ހިފެހެއްޓުމަކީ އަހުރެމެންގެ ކަމެކެވެ. އަހުރެމެން އެކަން ނުކުރިނަމަ އަހުރެމެންނަށްޓަކައި އެކަންކޮށްދޭނީ ކާކުހެއްޔެވެ؟ އަދި ކޮށްދެވޭނެ މީހަކުވެސް ނުހުންނާނެ ނޫން ހެއްޔެވެ؟
ގައިގައި އަތްލަން ދޫކޮށްލި އަންހެނުން މިވާހަކައަށް ތާއީދުކުރާނެއެވެ. ސަބަބަކީ މަދު އަންހެނަކަށް ނޫނީ ކުރެވިފައި ހުންނާނީ ހިތި ތަޖުރިބާ ވީމައެވެ. މިއީ ޙަޤީޤަތް ޤަބޫލުކުރާ ކޮންމެ އަންހެނަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ.
- މިއީ ތަޖުރިބާކާރު ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
- އަލަފް / މިއަދުނޫސް