މިއަހަރުގެ އާޝޫރާ ދުވަހަކީ 10 މުޙައްރަމްވާ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އެއީ ޖޫން މަހުންނަމަ 25 ވަނަ ދުވަހެވެ.
އޮތީ ކުރިއަށް އެއްދުވަސް ނުވަތަ ފަހަތަށް އެއްދުވަސް ގުޅުވައިގެން ރޯދަހިފުމަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އަވަސްވެގަނެ ބުދަ ބުރާސްފަތި ދެދުވަހު ރޯދަހިފުމެވެ. ބޭނުންނަމަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ރޯދަހިފުމަކުންވެސް މައްސަލައެއް ނެތެވެ.
ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަން:
ފާފަ ފުއްސެވުން: ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރައްވާފައިވެއެވެ: "ޢާޝޫރާ ދުވަހު ރޯދަހިފުމުން، އިސްވެދިޔަ އަހަރުގެ ފާފަ ފުއްސަވައިދެއްވުމަށް ތިމަންކަލޭގެފާނުﷲ ގެ ޙަޟްރަތުން އުއްމީދު ކުރައްވަމެވެ." (ރިވާކުރެއްވީ މުސްލިމް).
އާޝޫރާ ދުވަހު ޔަހޫދީންވެސް ރޯދަހިފައެވެ. ގުޅުވައިގެން އެއްދުވަހު ރޯދަހިފަންވީ އެމީހުންނާއި ތަފާތުވުމަށެވެ.
ކުރިއާލައި ކިޔުންތެރިންނަށް ހަނދުމަކޮށްމިދިނީ ޝެއާކޮށްލައްވައި ވީހާ ގިނަ ބައަކަށް ދަޢުވަތު ދެއްވައި އެކަމުގެ ޘަވާބު ލިބިގަތުމަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ. އަދިވެސް ހަނދާންކޮށްދެމުން ގެންދާނަމެވެ. އިން ޝާ ﷲ
ގުޅުންހުރި ލިޔުމެއް:
«وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ» [أخرجه مسلم في صحيحه برقم: ١٩٦ – (١١٦٢)]
މާނައީ: “އަދި ޢާޝޫރާދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”
“إن في يوم عاشوراء توبة آدم، واستواء سفينة نوح على الجودي، ورد يوسف على يعقوب، ونجاة إبراهيم من النار”
މާނައީ: “ހަމަކަށަވަރުން ޢާޝޫރާ ދުވަހުގައި އާދަމުގެފާނަށް ތައުބާލެއްވުނެވެ. އަދި ނޫޙުގެފާނުގެ ނައުކޮޅު ޖޫދިއްޔު ފަރުބަދައިގެ މައްޗަށް ބީހުނީ އެދުވަހުގައެވެ. އަދި ޔޫސުގެފާނު ޔަޢުޤޫބުގެފާނުގެ އަރިހަށް ރައްދުކުރެއްވުނީވެސް އެދުވަހުގައެވެ. އަދި އިބްރާހީމުގެފާނު އަލިފާނުން ނަޖާކުރެއްވުނީވެސް އެދުވަހުގައެވެ.”
މިއީ ބަޔަކު ޙަދީޘެއްގެ ގޮތަށް ހަދާފައިވާ ވާހަކަތަކެކެވެ. [ބައްލަވާ: كتاب الآثار المرفوعة في الأخبار الموضوعة للعلامة اللكنوي (ص: 96) وكتاب تنزيه الشريعة المرفوعة عن الأخبار الشنيعة والموضوعة للعلامة الكناني (2/ 148) وكتاب اللآلئ المصنوعة في الأحاديث الموضوعة للإمام السيوطي (2/ 109)وكتاب مجموع الفتاوى لابن تيمية (25/ 300)]
- ގުޅުންހުރި ލިޔުމުގައިވާ މަޢުލޫމާތު: ދިސަލަފިއްޔާ