ރަނގަޅަށް ވިސްނައިގެން މިލިޔުން ކިޔުމުންވެސް ނަރަކައާމެދު ހިތަށް ބިރުވެރިކަން ނުވެއްދިއްޖަނަމަ ދެން އިތުރަށް ބުނާނެ ބަހެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 8ސ
ރަނގަޅަށް ވިސްނައިގެން މިލިޔުން ކިޔުމުންވެސް ނަރަކައާމެދު ހިތަށް ބިރުވެރިކަން ނުވެއްދިއްޖަނަމަ ދެން އިތުރަށް ބުނާނެ ބަހެއް ނެތް!

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރެވެ. 2 ދަރިން އެބަތިއްބެވެ. ވަކިވެވޭކަށްވެސް ނެތެވެ. އެކުގައި އުޅެވޭކަށްވެސް ނެތެވެ. ބައިވެރިޔާއަކީ މަރުވާނެކަމާ ނަރަކަވާކަން ޤަބޫލުކުރަންބޭނުންވާ މީހެއް ނޫނެވެ. އެހެންވެ އަޅުގަނޑު އެދެނީ ނަރަކައިގެ ބިރުވެރިކަން އެނގޭނެފަދަ ލިޔުމެކެވެ.  

އުންމީދުކުރަނީ ތިރީގައި އެވަނީ ކިޔުންތެރިޔާ އެދިލައްވާފަދަ ލިޔުމެއް ކަމަށެވެ. އިން ޝާ ﷲ

ނަރަކައިގައި ހުރި ބިރުވެރިކަން ބޮޑުކަމުގެ ވާހަކަ ތަފާތު ޢިބާރާތްތަކުން ދައްކަނީ އެކަމުގެ ސަބަބުން އަޑުއަހާ މީހުންގެ ހިތްތަކަށް ބިރުވެރިކަންވަދެ ނަރަކައިން ސަލާމަތްވެ ތިބުމަށް ކުރާ މަސައްކަތް އިތުރުކުރާނެ ކަމުގެ އުންމީދުގައެވެ.  

މިރޭގެ ދަރުސް މިފަށަނީ ކުރިންވެސް އެކި ދަރުސްތަކުގައި ކިޔައިދީފައިވާ ވަރަށް އާދައާއި ޚިލާފް ސިޓީއަކުންނެވެ. މިސިޓީއަކީ ނަރަކައިގައި އޮވެ ގަދަފަދަ އަޒާބުލިބެމުންދާ މީހަކު ކޮންމެވެސް ގޮތަކުން އޭނާގެ މަންމައަށް ފޮނުވި ސިޓީއެއް ކަމަށް ހިތަށް ގެންނާށެވެ! އެއަށްފަހު ކަނުލައި އަޑުއަހާށެވެ!  

"ލޯބިވާ މަންމާއެވެ! އަހަރެންނަށް އޮންނަން މިޖެހުނީ ނަރަކައިގައެވެ. މިއީ ހާދަހައިވާ އަނިޔާވެރި ތަނެކެވެ. ހާދަހައިވާ ބިރުވެރިތަނެކެވެ. މިތަން ސިފަކޮށްދޭނީވެސް ކިހިނަކުން ހެއްޔެވެ؟ ސިފަކޮށްދޭން އެނގޭނީވެސް މިތަނުން ތަނެއް ފެނިގެން ނޫން ހެއްޔެވެ؟ އަނދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. އަލިފާންވެސް މިހުންނަނީ ގަދަ ކަޅުކުލައިގައެވެ. ތަނެއް ފެންނާނީވެސް ކިހިނަކުން ހެއްޔެވެ؟ އިރުއަރާކަމެއް އޮއްސޭކަމެއް ވެސް ނުއެނގެއެވެ. އަބަދުވެސް އޮންނަނީ ކަޅުކަން ގަދަ އަނދިރިގަނޑެއް ފަދައިންނެވެ.  

ލޯބިވާ މަންމާއެވެ! ކެނޑިނޭޅި އަބަދު މިދަނީ ނަރަކައިގެ އެ ހޫނުކަން ގަދަ އަލިފާނުން އަނދަމުންނެވެ. ހަށިގަނޑުގައި މިހިރީ ހާދަ ބޯ ހަމެކެވެ. އެހަމުގެ ބޭރުން ވަނީ ޔުނިފޯމެއް ލައްވައިފައެވެ. އެ ޔުނިފޯމުގެ ސަބަބުން ހޫނުކަން އިންތިހާއަށް އިތުރަށް ގަދަވެއެވެ. ލޯބިވާ މަންމާއެވެ. އަހަރެންގެ ސައިޒު އެނގޭ ހެއްޔެވެ؟ ސައިޒު ބުނެދޭނެ ގޮތެއްވެސް ނުއެނގެއެވެ. އަހަރެންގެ ސައިޒު މަންމަ ލަފާކޮށްލާށެވެ. އަހަރެންގެ އެންމެ ދަތެއްވެސް އުހުދުފަރުބަދަވަރުވެއެވެ.  

ލޯބިވާ މަންމާއެވެ! މިތަން އަބަދު މިހުންނަނީ ގުގުމައިފައެވެ. މީސްތަކުންގެ ރުއިމުގެ އަޑުންނެވެ. އަހަރެންވެސް އަބަދު މިރޮނީއެވެ. އަބަދު ރޮއިހޭރި އާދޭސްކުރާއިރުވެސް އެ އަޑު އަހާނެ ހަމަ އެކަކުވެސް މިތާކު ނެތެވެ. އެކަމަކުވެސް އަޅާ ވޭނުގެ ސަބަބުން ހަމަ ރޮވެނީއެވެ. މިވަރަށް އަނދަމުންދާއިރުވެސް މަރެއް ނުވެއެވެ. އަނދަމުން ހަނގަނޑު ތުނިވަމުން ދާ ވަރަކަށްވެސް ހޫނު ގަދަވެއެވެ. އިސާހިތަކު މުޅިގައިގައި އަލުން ހަންލެވެއެވެ. އެ ވަގުތުކޮޅަށްވެސް މަރެއް ނުވެއެވެ. އަލިފާނުގައި އަނދައިގެންދޭތޯ ވެސް ދުޢާކޮށް އާދޭސް އެބަކުރަމެވެ. އެކީގައި އަންދާލައި ނިންމައިލައި ދޭށޭ ކިޔައި ވެސް އެބަ އާދޭސް ކުރަމެވެ. ނަމަވެސް ކުރާނީ ކީއްހެވެ؟ އަހަރެންގެ އެއްވެސް އާދޭހެއްގެ އަޑު އަހާނެ ހަމަ އެކަކުވެސް މިތާކު ނެތެވެ.  

ލޯބިވާ މަންމާއެވެ! އަޒާބު މިލިބެނީ އަލިފާނުން އެކަންޏެއް ނޫނެވެ. އެއަންނަ ނިގުލަންދާށިތަކާއި ހަރުފަތަކާއި ބިޗޫތަކުގެ ބޮޑެތިކަމާއިއެވެ. އަހަރެމެންގެ ސައިޒު މިހައި ބިޔަވެފައި ތިބޭއިރު އެތަކެތި އަދި މާބިޔައެވެ. އައިސް ވިހަލީމާ ވާގޮތެއްވެސް ބުނާކަށެއް ނުއެނގެއެވެ. އަނގައިގެ ތެރެއަށްލައި ހަފައިވެސް ލައެވެ. ނަމަވެސް ވޭން އެޅުން ފިޔަވައި ވާ ހަމައެއްވެސް ކަމެއް ނެތެވެ. އަދި މިހާލުގައި އޮއްވާ އިރުއިރުކޮޅުން ބޮޑެތި ފުރޭތަތަކެއްހެން ސިފަ ކުރެވޭ ބިރުވެރި ސިފައަކަށް ތިބޭ ބައަކު އައިސް އެމީހުންގެ ހަންމުށިތަކުން އެބަ ތަޅައެވެ. ޗިސްޗިސްވާން އުޅޭހެންވެސް ހީވެއެވެ. ނަމަވެސް ތަދުވުން ފިޔަވައި ވާ ހަމަ އެއްވެސް ކަމެއް ނެތެވެ. ޙާލަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.  

ލޯބިވާ މަންމާއެވެ! މި ހާމަކުރީ މިތަނުގައި ލިބެމުންދާ ގަދަފަދަ އަޒާބުގެ ވަރަށް ކުޑަ މިންވަރެކެވެ. މިތަނުން ސަލާމަތް ވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އަދި އެކަމާ ޝަކުވާ ކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ސަބަބަކީ ނަރަކައަށް މިވަނީ އަހަރެން އަމިއްލައަށް ކަމަށްވާތީއެވެ. ފާފަތައް ކުރުމުން ނަރަކައަށް ވަންނަން ޖެހޭނެކަން އެނގިހުރެ ފާފަތައް ކުރެވުނީތީއެވެ. އަހަރެންގެ އަމިއްލަ ކޮންޓްރޯލުން ނެއްޓުނީ އެންމެ ކަމެކެވެ. އެއީ ފަހުން ތައުބާވާން ގަސްދުކޮށްގެން ހުއްޓައި ކުއްލިއަކަށް މަރުވާން ޖެހުނު ކަމެވެ. އެކަން އެހެން ވެދާނެކަންވެސް އެނގި ހުރެމެ ތައުބާވުން ލަސްކުރީވެސް އަހަރެން އަމިއްލައަށެވެ. ވީމާ އެކަމާއި ވެސް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ.  

ލޯބިވާ މަންމާއެވެ! މިސިޓީ މިފޮނުވަނީ ދުނިޔޭގައި ހުރިއިރު މަންމަގާތު ނުބުނެ ސިއްރުކުރެވުނު ކަންކަން އަންގަން ވެގެންނެވެ. މަންމާއެވެ. އަހަރެން މަންމަމެން ކުރިމަތީގައި އުޅުނީ ވަރަށް މާތް މީހަކަށް ވެގެންނެވެ. ނަމަވެސް އަހަރެން ދިއައީ ހަމަ ހިތަށްއެރިހައި ފާފަތަކެއް ކުރަމުންނެވެ. މިސްކިތަށްދާން ގެއިން ނުކުތް ނަމަވެސް ގިނައިން ދަނީ ކޮންމެވެސް ތަނަކަށް އުފާކުރާށެވެ. މަދުފަހަރަކު މިސްކިތަށް އެރިނަމަވެސް ﷲ ތާޢާލާ މަތިން ހަނދާނެއް ނުކުރެވެއެވެ. ހިތުގައި އޮންނަނީ މިސްކިތުން ފައިބައިގެން ގޮސް ކޮށްލާނެ ކޮންމެވެސް މަޖަލެކެވެ.  

ދުނިޔޭގައި އަހަރެން ހުރިއިރު ވާނީ ދުނިޔެއިން މީހަކަށް ހޯދޭނެ ހުރިހާ އުފާތަކެއް ޙާޞިލުކޮށްފައެވެ. ބައްޕަގެ ތަނަވަސްކަމުން ވާރުތަވި މުއްސަނދިކަން ބުރުއްސައި ހުސްކޮށްލެވުނީ ހަމަ ދުނިޔަވީ އުފާތަކަށެވެ. އެންމެ ގިނައިން ޚަރަދުކުރީ ފާހިޝް އަމަލުތައް ކުރުމަށެވެ. އެކަމުގެ ޖަޒާއެއްގެ ގޮތުން މިއޮންނަން ޖެހެނީ މޭގައި އެއްބުޅިގަނޑު އަނެއް ބުޅިގަނޑު ޖިންސީ ގުނަވަނުގައި ހަރުކުރެވިފައިވާ ވަރުގަދަ އަލިފާނުގެ ޗޭނެއްގައި އެލުވިގެންނެވެ.

އަހަރެން ވަރަށް ގިނައިން ދޮގުހެދީމެވެ. އެންމެ ގިނަ ދޮގު ހެދީ މަްމައަށާއި އަނބިމީހާ އަށާއި އަންހެންކުދިން މަޅީގައި ޖައްސުވަން ވެގެންނެވެ. އެކަމުގެ އަޒާބެއްގެ ގޮތުން އިރުއިރުކޮޅުން ދޫ، މަންމަ ކެބެޖް ކޮށާ ފަދައިން އެބަ ކޮށައިލެވެއެވެ. ކޮށައިލާއިރަށް ކުރިން އޮތް ގޮތަށް ރުޖޫޢަވެއެވެ. އަދި އިރުއިރުކޮޅުން އަންނަ އެ ބޮޑެތި ހަރުފަތައް ދުލުގައި ދަތްއަޅައި ކައިލައެވެ. ހަމަ ކައިލާއިރަށް ކުރިން އޮތް ގޮތަށް ރުޖޫޢަވެއެވެ. ބޮޑޭތި ބުޅިގަނޑުތައް ދުލުގައި އަޅުވައި އެބަ އިރައަިލައެވެ. މިހެންގޮސް މިތަނުގައި ކުރިމަތިލާން ނުޖެހެނީ ކޮން އަނިޔާއަކާއިކަން ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ބިރުގަތުމާއި ތަދުވުން ނޫން އިތުރު އެއްވެސް ކަމެއް ނުވެއެވެ.  

ލޯބިވާ މަންމާއެވެ! ކުރިން ބުނި ފަދައިން މިބަޔާންކުރެވުނީ މިނަރަކައިގައި ލިބެމުންދާ ގަދަފަދަ އަޒާބުގެ ނިޞްބަތުން ހަމަ ޒައްރެއްގެ މިންވަރެވެ. ދުނިޔޭގެ އެންމެންނަށް އަހަރެންގެ މިސިޓީ ކިޔައިދޭށެވެ! މުޅި ދުނިޔެއަށް މިސިޓީ ބަހާށެވެ. ހަމަ އެކަކުވެސް ނަރަކައާއި ކައިރިވެސް ވިއަ ނުދޭށެވެ! ހަމަ ގައިމުވެސް މި ނަރަކައިގައި ހުރި ގަދަފަދަ އަޒާބުގެ ހަޤީޤަތް އެނގޭނަމަ ހަތަރުދަމު އަޅުކަންކޮށްގެންވެސް، ރޭގަނޑު ނުނިދައި އިނދެ އަޅުކަން ކޮށްގެންވެސް މިތަނަށް ނައިސް ސުވަރުގެ ދެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަން ޔަޤީނެވެ!

ލޯބިވާ ދަރިފުޅު! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސިޓީ ކިޔައިދީ ނިމުނުއިރު އުސްތާޛް މިވަނީ ބިރުން އަވަދިވެފައެވެ. އުސްތާޛްގެ ޙާލާއިމެދު ބިރުން ތުރުތުރުއަޅާވަރުން މިއުޅެނީ ވާހަކަ ދައްކަން ރަނގަޅަށް އަނގަ ނުހުޅުވިގެންނެވެ. ތިއަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން މޫނުމަތިން އުސްތާޛަށް އެބަ ފެނެއެވެ. ސިޓީގެ ވަކި ހިސާބަކުން ބައެއް މީހުން ކަންފަތުގައި އަތް އެޅިތަންވެސް ފެނުނެވެ. އެހެންވީމާ ދަރުސް ނިމިގެން ސިޓީގެ ކޮޕީއެއް ކޮންމެ މީހަކަށްވެސް ދޭނަމެވެ. ހަމަޖެހިލައިގެން ކިޔައިލާށެވެ! އަދި ކޮޕީ ހަދައިގެން ރައްޓެހިންނަށްވެސް ބަހާށެވެ. ސޯޝަލް މީޑިއާތަކުގައި ޝެއާވެސް ކުރާށެވެ! ނަރަކައާއިމެދު އެމީހުންގެ ހިތަށްވެސް ބިރުވެރިކަން ވެއްދޭތޯ ކުރެވުނު މަސައްކަތްތަކެއް ކުރާށެވެ! ރައްޓެއްސަކަށް ނަމަވެސް ރައްޓެހި ނޫން މީހަކަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ނަރަކައިން ސްލާމަތް ކުރެވޭތޯ މަސައްކަތްކޮށްދިނުމެވެ. އެ މަސައްކަތަކީ ހަމައެކަނި އުސްތާޛުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު ވަރަކުން އެ މަސައްކަތް ކުރަންވާނެއެވެ.  

ހަމަ އެންމެ އަޚަކުވެސް މިސިޓީގެ މާނަ އޮޅުވައި ނުލާނެ ކަމަށް  އުންމީދު ކުރަމެވެ. މިކަންކަން ސިޓީއެއްގެ ގޮތުގައި މިކިޔައިދިނީ ހަމަ ފަސޭހައިން ހިތަށް ވެއްދުވުމުގެ ބޭނުމުގައެވެ. ވީމާ މަޤްޞަދު އޮޅުވައިނުލުމަށް ތަކުރާރުކޮށް އެދެމެވެ. 

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފައިސާ ދިނުމާއި ކާން ދިނުމާއި ކޮފީ ދިނުން ފަދަ ކަންކަން ކުރުމަކީ މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަންތައް ކަމަށެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫންކަން އުސްތާޛްގެ މިބަސްފުޅުން އެނގިގެންދެއެވެ.

"ރައްޓެއްސަކަށް ނަމަވެސް ރައްޓެހި ނޫން މީހަކަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ އެމީހަކު ނަރަކައިން ސަލާމަތް ކުރެވޭތޯ މަސައްކަތްކޮށްދިނުމެވެ. އެ މަސައްކަތަކީ ހަމައެކަނި އުސްތާޛުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ވަރަކުން އެ މަސައްކަތް ކުރަންވާނެއެވެ." 

އަދިވެސް އުސްތާޛް ވިދާޅުވެފައިވެއެވެ. "ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސިޓީ ކިޔައިދީ ނިމުނުއިރު އުސްތާޛް މިވަނީ ބިރުން އަވަދިވެފައެވެ. އުސްތާޛްގެ ޙާލާއިމެދު ބިރުން ތުރުތުރުއަޅާވަރުން މިއުޅެނީ ވާހަކަ ދައްކަން ރަނގަޅަށް އަނގަ ނުހުޅުވިގެންނެވެ. ތިއަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން މޫނުމަތިން އުސްތާޛަށް އެބަ ފެނެއެވެ. ސިޓީގެ ވަކި ހިސާބަކުން ބައެއް މީހުން ކަންފަތުގައި އަތް އެޅިތަންވެސް ފެނުނެވެ. އެހެންވީމާ ދަރުސް ނިމިގެން ސިޓީގެ ކޮޕީއެއް ކޮންމެ މީހަކަށްވެސް ދޭނަމެވެ. ހަމަޖެހިލައިގެން ކިޔައިލާށެވެ! އަދި ކޮޕީ ހަދައިގެން ރައްޓެހިންނަށްވެސް ބަހާށެވެ. ސޯޝަލް މީޑިއާތަކުގައި ޝެއާވެސް ކުރާށެވެ! ނަރަކައާއިމެދު އެމީހުންގެ ހިތަށްވެސް ބިރުވެރިކަން ވެއްދޭތޯ ކުރެވުނު މަސައްކަތްތަކެއް ކުރާށެވެ!"  

މިއީ އުސްތާޛް ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްފުޅުތަކެކެވެ. މި ބަސްފުޅުތަކުން އެނގެނީ އިސްލާމް ދީނަށް މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ. ތިމާއަށް ކިޔަން ލިބޭ މުހިންމު ދީނީ ލިޔުންތައް އެހެން މީހުންނާއި ހިއްޞާކުރުމުގެ މުހިންމުކަމެވެ. އެހެން މީހުންގެ ހިތްތަކުގައި ވެސް އިސްލާމް ދީނަށް ލޯބި ޖެއްސުވުމަށާއި ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތި ކުރުވުމަށް މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.  

"އެ މަސައްކަތަކީ ހަމައެކަނި އުސްތާޛުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ވަރަކުން އެ މަސައްކަތް ކުރަންވާނެއެވެ." ވިދާޅުވެފައި އޮތުމުން އެއީ އެންމެހައި މީސްތަކުންގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން އެނގިގެންދެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން