ބަލިވާން ބޭނުންވާ މީހަކު ނުހުންނާނެއެވެ.
ބޭނުންވާނީ ގަދަވެ ސަލާމަތުން ހުރުމަށެވެ. އެހެން މީހަކަށް ތިމާގެ ބުރައެއް އުފުލަން ނުޖެހި ދުނިޔެއާއި ވަކިވެގެން ދިއުމަށެވެ. އެއީވެސް ރަޙްމަތެކެވެ. އެކަމަކު ބަލިޙާލެއްގައި އުޅެންޖެހި ވޭން އަޅަމުން މަރުވެދާންޖެހިއްޖެނަމަ ލައްވަވާ ރަޙުމަތް މާބޮޑުކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ތިމާ ﷲ ތަޢާލާގެ މަގުގައި އުޅެމުންދަނިކޮށް ކިތަންމެ ބޮޑު ބައްޔެއްވީނަމަވެސް އަދި އެބަލީގައި މަރުވިނަމަވެސް ހިތާމަކުރުމެއް ނެތެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގައި ވޭން އެޅުމަކީ ރަހްމަތެކެވެ. ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ.
މިޙަދީޘްފުޅުގެ މާނައިގައި އެވަނީ ދަތިޙާލުގައި އުޅެންޖެހުމާއި، ބަލިމަޑުކަމާއި، ހާސްވެ ކަންބޮޑުވުންތައް ކުރިމަތިވުމާއި، ހިތާމައާއި ހިތްދަތިކަމުގައި އުޅެންޖެހުމާއި، އަދި އެންމެ ކުޑަމިނުން ގަހަކުން ކަށްޓެއް ހެރުން ފަދަ ކުޑަކަމަކުން ނަމަވެސް ތަދު އިޛްޞާޞްކުރަން ޖެހިއްޖެނަމަ އެމީހަކަށް (އެކަމެއްގެ ނިޞްބަތުން) ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ.
Abu Huraira reported: The Prophet, peace and blessings be upon him, said,
“Nothing afflicts a Muslim of hardship, nor illness, nor anxiety, nor sorrow, nor harm, nor distress, nor even the pricking of a thorn, but that Allah will expiate his sins by it.”
Source: Ṣaḥīḥ al-Bukhārī 5641, Ṣaḥīḥ Muslim 2573
ކެންސަރު ބައްޔަކީވެސް ވަރަށް ގަދައަށް ވޭން އަޅާ ބައްޔެކެވެ. އެކްސިޑެންޓްވުމަކީ ވެސް ބޮޑެތި ވޭންތައް އަޅާ ކަމެކެވެ.
މިޙަދީޘްފުޅުގެ މާނައިގައި އެވަނީ ގަހަކުން ފަތް ފައިބާ ފަދައިން އެމީހާގެ ކިބައިން ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށެވެ.
Narrated `Abdullah:
I visited the Prophet (ﷺ) during his ailments and he was suffering from a high fever. I said, "You have a high fever. Is it because you will have a double reward for it?" He said, "Yes, for no Muslim is afflicted with any harm but that Allah will remove his sins as the leaves of a tree fall down."
ވިސްނައިލަންވީ ކަމަކީ މިމަތިވެރި ނިޢްމަތް ލިބޭނީ މުސްލިމުންނަށް ކަމެވެ. ﷲ ތަޢާލާގެ މަގުގައި އުޅެ، އިސްލާމް ދީނަށް ޢަމަލުކުރަމުންދާ މީހުންނަށް ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން