ފާފަފަތައް ފުއްސަވައިދެއްވަވާނެ ކަންކަމުގެ ތެރެއިން ބަންގި ދުޢާކިޔުން- ފަރުވާތެރިވެއްޖެނަމަ ފައިދާ ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ފާފަފަތައް ފުއްސަވައިދެއްވަވާނެ ކަންކަމުގެ ތެރެއިން ބަންގި ދުޢާކިޔުން- ފަރުވާތެރިވެއްޖެނަމަ ފައިދާ ބޮޑު ކަމެއް!

ބަންގީގެމަތިވެރިކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެނގިތިބެސް ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ ބަންގޫގެ އަޑު އިވެނީ އިމާމްމީހާގެ އަޑުން ނަމަވެސް އެއީ އޭނާގެ ބަހެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އެންމެހައި މީސްތަކުންނަށް ގޮވައިލެވޭ ގޮވާލުމެކެވެ.  

ވަރަށް ފަސޭހައިން ކޮށްލެވެންހުރި ކުދިކުދި ޢަމަލުތަކުންވެސް އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ މަގު ދީނުގައި ފެންނަން އެބައޮތެވެ. ބޭނުންވަނީ ސަމާލުކަންދީ ޢަމަލުކުރުމެވެ.  

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ» [رواه مسلم] 

މާނައީ: "ބަންގިދޭމީހާ، ބަންގިދޭ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، މިފަދައިން ކިޔަވައިފިމީހާ ދަންނައެވެ. 

أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا 

(މާނައީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. ﷲ އީ ރައްބުކަމަށާއި، މުޙައްމަދުގެފާނީ ރަސޫލާކަމަށާއި، އިސްލާމްދީނަކީ (އަޅަމެންގެ) ދީންކަމަށް މިއަޅާ ރުހި ޤަބޫލުކުރަމެވެ.)

އެމީހެއްގެ (ކުދި) ފާފަތައް ފުއްސެވޭ ހުއްޓެވެ.

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله] 


- އައްޝައިޚް ޙުސައިން ޠޯރިޤްގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން