ބޭވަފާތެރިވީ މީހަކަށް މާފުކުރަން ބުނެ ބާރުއަޅަން ހެޔޮނުވާނެ! އެއީ ސިކުނޑި ގޮވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބޭވަފާތެރިވީ މީހަކަށް މާފުކުރަން ބުނެ ބާރުއަޅަން ހެޔޮނުވާނެ! އެއީ ސިކުނޑި ގޮވާ ކަމެއް!

ބައިވެރިޔާ ބޭވަފާތެރިވުމުން ޢާއިލާއިންވެސް އަދި ގިނަ އެކުވެރިންވެސް ބާރުއަޅާނީ މާފުކޮށް އެކުގައި އުޅުމަށެވެ. އެކަމަކު އެއީ ކުރަންހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ބޭވަފާތެރިވުމަށް ކެތްތެރިވުމަކީ ވަރަށް މަދުމީހަކަށް ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ! 

މާފުކޮށްފިން ކަމަށް ވަރަށް ފަސޭހައިން ބުނެލެވިދާނެއެވެ. އެހެންބުނެ އެކުގައި އުޅޭ މީހުންނާއި ނިކަން ސުވާލުކޮށްބަލާށެވެ! ހުންނަނީ ހިތްހަމަޖެހިގެންތޯއެވެ؟ ކުރިން ލޯބިވީވަރާއި ގާތަކަށްވެސް ލޯބިވެވޭތޯއެވެ؟ އިތުބާރުކުރެވެނީ ކިހާވަރަކަށްތޯއެވެ؟ ތެދަށް ޖަވާބުދޭ މީހުން ބުނާނީ 90 އިންސައްތަ އުނިވެފައިވާ ކަމަށެވެ. ދެން ނިކަން ބުނެބަލާށެވެ! ބައިވެރިޔާދެކެ ވާންޖެހޭ ލޯތްބާއި ކުރަންޖެހޭ އިތުބާރުން 90 އިންސައްތަ އުނިވީމާ މީހާގެ ސިކުނޑިއަށްވާނީ ކިހިނަކުން ހެއްޔެވެ؟  

އަހުރެންނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ބޭވަފާތެރިވުމަށް ކެތްތެރިވާން މަސައްކަތްކުރުމުން ގިނަ ބައެއްގެ ސިކުނޑިން ބޮޑުބައެއް އުނިވެގެންދެއެވެ. ދެން ވިސްނޭނީ އޭނާ ނަްފސާނީ ވަނީކަމަށެވެ. ނަމަވެސް އެއީ ނަފްސާނީވުމެއް ނޫނެވެ. ސިކުނޑިން ބައެއް އުނިވުމާއި ނަފްސާނީވުމާއި މިއީ މުޅިން ތަފާތު ދެމައްސަލައެކެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ކަމެއްދިމާވާއިރަށް ވަރިވާން ނުވަތަ ވަރިކުރަން ބުނަނީއެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކޮށް ޙައްލުކުރުމެވެ. އެހެންކަމާއިއެކުވެސް ބޭވަފާތެރިވުމުގެ މައްސަލަތަކުގައި މާފުކުރަން ބާރުނުއަޅާށެވެ! އެކަން އެމީހަކަށް ދޫކޮށްލާށެވެ!

މިބާވަތުގެ މައްސަލަތަކުގައި ކިރިޔާވެސް ޙައްލެއް ލިބެނީ އެންމެ ގޮތަކުންނެވެ. އެއީ ކުށް ޤަބޫލުކޮށް ކުށްތަކުރާރުނުކުރުމާއިއެކު ބައިވެރިޔާއަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ އަޅައިލުމުންނެވެ. ލޯބިދިނުން ބޮޑުތަނުން އިތުރުކުރުމުންނެވެ. އެއިރުން ޖެހުނު މައްސަލަ ހަނދާނުން ފަނޑުވެގެންދިއުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން