ﷲ ގެ ރަޙްމަތަށް ޔަޤީންކޮށްގެން އިޚްލާޞްތެރި ހިތަކުން ދުޢާކޮށްފިނަމަ މިއިން އެއްގޮތް މެދުވެރިނުވެ ނުދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ﷲ ގެ ރަޙްމަތަށް ޔަޤީންކޮށްގެން އިޚްލާޞްތެރި ހިތަކުން ދުޢާކޮށްފިނަމަ މިއިން އެއްގޮތް މެދުވެރިނުވެ ނުދާނެ! އިން ޝާ ﷲ

ކަމަކަށް އެދިގެން ދުޢާކުރީމާ އެދުނު ގޮތަށް އެކަން ނުވެއްޖެނަމަ ގިނަ ބައަކަށް ވިސްނެނީ ދުޢާ ޢިޖާބަ ނުކުރެއްވެވީ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.  

އިޚްލާޞްތެރިކަމާއެކު ދުޢާކޮށްފިނަމަ މި 3 ގޮތުން 1 ގޮތް ވާނެއެވެ.  

1 އޭނާ އެދުނުފަދައިން ދުޢާ ޢިޖާބަކުރެއްވެވުން

2 އޭނާ އެދުނުގޮތަށްވުރެ ރަނގަޅު ގޮތެއް މެދުވެރިކުރެއްވެވުން

3 އޭނާއަށް މުސްތަޤްބަލްގައި ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްކުރެއްވެވުން  

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވަވާފައިވަނީ : 

1 ދުޢާ ޢިޖާބަކުރައްވަވާނެކަން ޔަޤީންކުރާ ޙާލް ދުޢާކުރުމަށެވެ.

2 ޙަލާލްތަކެތި ކައިގެން ބޮއިގެން، ޙަލާލް ފޭރާންލައިގެންހުރެ ދުޢާކުރުމަށެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން