ބައިވެރިޔާއަށް އަނިޔާވެރިވުމަކީ ބަދަލުދޭންޖެހޭ ބޮޑު ކުށެއް! އެކުށުން ސަލާމަތްވެވޭނީ އޭނާމާފުކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ބައިވެރިޔާއަށް އަނިޔާވެރިވުމަކީ ބަދަލުދޭންޖެހޭ
ބޮޑު ކުށެއް! އެކުށުން ސަލާމަތްވެވޭނީ އޭނާމާފުކުރުމުން!

 

ދެމަފިރިން އެކުގައި ދިރިއުޅެމުން އަންނައިރު މައްސަލަތައް ކުރިމަތިވާނެއެވެ. އަހުރެމެންނަށް އޮތީ އެ މައްސަލަތައް ޙައްލުކޮށް ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ދިމާވާ ކަމެއްގެ ސަބަބުން އެކުގައި ދިރިއުޅެން ބޭނުން ނުވާނަމަ ރިވެތި ގޮތުގައި ކައިވެނި ރޫޅައިލާށެވެ! އަނެކާއަށް އަދާކުރަންޖެހޭ ޙައްޤުތައް ދީނުގައިވާ މަގުން އަދާކުރާށެވެ!

ދެމަފިރިންކަމުގައިވީނަމަވެސް އަނެކާއަށް އަނިޔާވެރިވެއްޖެނަމަ އެކަމުގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނީ އަނިޔާ ލިބުނު މީހާ މާފުކުރުމުންނެވެ. މިދެއްކެނީ ކުޑަކަމެއްގެ ވާހަކަ ކަމަށް ހީވެސްނުކުރާށެވެ!  

ރަނގަޅަށް ވިސްނައި ސަމާލުކަން ދޭށެވެ! ދެން މިބުނަނީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެއްގެ ވާހަކައެވެ!

އުމުރުގެ ފަހުކޮޅަށް ދިއުމުން ތައުބާވެ ހެޔޮ އަމަލުކުރަން ހުރެއްޖެނަމަ އެމީހަކީ މުނާފިޤަކަށްވުމުގެ ބިރު ވަރަށް ބޮޑެވެ. މިސާލަކަށް އުމުރުގެ ބޮޑުބައި ފާފަކުރުމަށް ދުއްވައިލުމަށްފަހު ތައުބާވާން ނިޔަތް ގަނެގެން ފާފަފަކުރުންމަތީގައި ހުންނަ މީހާގެ އޮންނާނީ އީމާންކަމެއް ހެއްޔެވެ؟ މިއީ ހަމަ ވަރަށް ނުރައްކައުތެރިކަން ބޮޑުކަމެކެވެ. އެފަދަ މީހުންގެ ތެރޭގައި ހިމެނި މުނާފިޤަކަށް ނުވުމަށް ގަދައަޅައި ވަޞިއްޔަތް ކުރަމެވެ. އިލްތިމާސް ކުރަމެވެ! 

އަހަރެމެން އެންމެންނަކީވެސް ހަމަ އިންސާނުންނެވެ. ކުށް ކުރެވޭނެއެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަރެމެންނަށް އޮތީ ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމެވެ.  

ތައުބާވުމަށް 4 ކަމެއް ފުރިހަމަކުރަން ޖެހެއެވެ. އެއީ، ކުށް ޤަބޫލުކުރުމާއި ކުރެވުނު ކުށާއިމެދު ދެރަވެ ހިތާމަކުރުމާއި އަލުން ކުށް ތަކުރާރު ނުކުރަން ވަޢްދު ވުމާއި ތައުބާ ޤަބޫލުފުޅު ކުރެއްވެވުމަށް އެދި ދެންނެވުމެވެ. ފާފައަކީ ހަމައެކަނި ﷲ ތަޢާލާ އާއި ތިބާ އާއި ދެމެދުގައި އޮތް ކަމެއް ނަމަ ﷲ ތަޢާލާ ހަމަ ވަގުތުން ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

މާނައަކީ މީހަކަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމާއި މީހެއްގެ ޙައްޤަކަށް އަރައިގަތުން ފަދަ ފާފަތައް ފިޔަވައި ތިބާ އާއި ﷲ ތަޢާލާ ޢާއިދެމެދުގައިވާ ފާފަތަކެވެ. ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް މިބުނަނީ އަހަރެންނަށް ލިބިފައިވާ ބާރަކުން ނޫނެވެ. ފާފައެއް ކުރެވުނު ނަމަވެސް ކުރިން ބަޔާންކުރި 4 ކަންތަކާއިއެކު ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާތީއެވެ.

އަދިވެސް ތަކުރާރުކޮށްލާނަމެވެ! ޙަޔާތުގެ ބައިވެރިޔާއަށްވެސް އަދި އެހެން މީހަކަށްވެސް އަނިޔާވެރިނުވާށެވެ! އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިނުގަންނާށެވެ! އެއިން ކަމެއް ކޮސްފިނަމަ އެކަމުގެ ފާފަ ފުއްސަވައިދެއްވަވާނީ އެމީހަކު މާފުކުރުމުންނެވެ.  

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން