އެންޒައިޓީ، ޑިޕްރެޝަން މިހެންގޮސް ތަފާތު ނަންތައް ކިޔަމުން ގެންދިއަނަމަވެސް މައްސަލައަކީ ހާސްވެ ކަންބޮޑުވުމެވެ. ކުރިމަތިވެފައިވާ މައްސަލައިން އަރައިނުގަނެވުމެވެ. ސަލާމަތްވެ ކުރިއަށްދެވޭނެ މަގެއް ނުފެނުމެވެ.
އެފަދަ ޙާލަތެއްގައިވާނަމަ ނިކަން މިދުޢާކުރަންފަށައިބަލާށެވެ!
اللهم اخرجني من الظلمات إلى النور
Allahumma Akhrijnee minah dhulumaati ilaa anoor.
Oh Allah take me out of darkness and into the light.
ދުޢާގައި އެކުލެވިގެންވާ މާނައީ: "ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ގެންގޮސްދެއްވަވާނދޭވެ! (އަނދިރިކަމުގެ ބަދަލުގައި އަލިކަން ދެއްވަވާނދޭވެ!"
ހާސްވެކަންބޮޑުވާންޖެހޭ ޙާލަތުގައި އެހުރެވެނީ ކުރިއަސްދެވޭނެ މަގެއް ނުފެނި އަނދިރިކަމުގެ ތެރޭގައެވެ. ވީމާ ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި މިދަންނަވަނީ ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދެއްވެވުމަށެވެ.
- ގިނަ ބައަކު ކުރާ ދުޢާއެއް
- އިސްލާމީ ތިލަަފތުގެ ދަރުސަކުން