ދުޢާކުރުމުގަ ހިފަހައްޓަންޖެހޭ އަދަބުތަކާ އިންތައް ދޫކޮށްލުމަކީ ސަމާސައަކަށްވެސް ކުރަންވާނެ ކަމެއް ނޫން! ﷲ އަށް ފުރައްސާރައަކަށްވާނެ ކަންކަން ކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުޢާކުރުމުގަ ހިފަހައްޓަންޖެހޭ އަދަބުތަކާ އިންތައް
ދޫކޮށްލުމަކީ ސަމާސައަކަށްވެސް ކުރަންވާނެ ކަމެއް ނޫން! ﷲ އަށް
ފުރައްސާރައަކަށްވާނެ ކަންކަން ކުރަން ހެޔޮނުވާނެ!

އަތްމަތީގައި ތަނަވަސްކަން ހުރެވެސް "މިއަޅާގެ

މެންދުރުކެއުމަށް "ކުކުޅު ބިރިޔާނި ދެއްވަވާނދޭވެ!" ފަދަ ދުޢާތައް ސޯޝަލް މީޑިއާގައި އެބަ ޕޯސްޓްކުރެއެވެ. އެކަންކުރަނީ މަޖަލަކަށެވެ. އެކުވެރިންނާ ސަމާސަކޮށްލާށެވެ. ނަމަވެސް މިއީ ކުރަންވާވަރުގެ ކަމެއް ނޫނެވެ.

ދުޢާކުރަންވާނީ ދަތިޙާލުގައި އުޅެންޖެހިއްޖެނަމަ ރިޒުޤަށް އެދިއެވެ. ތިމާއަށް ފައިދާކުރާނެ ރިޒުޤަކަށް އެދެވިދާނެއެވެ. ނަމަވެސް ވަކިއެއްޗަކަށް އެދުމަކީ އަދަބާއި ޚިލާފް ކަމެކެވެ. ޚާއްޞަކޮށް އެއްޗެއް ހޯދުމުގެ ތަނަވަސްކަންހުރެ އެއެއްޗެއް ދެއްވެވުމަށް އެދުމަކީ އަދަބާއި ވަރަށް ބޮޑަށް ޚިލާފްވާނެ ކަމެކެވެ. 

މިހެން ބުނަން މިޖެހުނީ މިހާރަކަށް އައިސް އެއްވެސް ބުރަކަމެއް، އުނދަގުލެއް ނެތި ތިމާއަށް ވަރަށް ފަސޭހައިން ލިބިދާނެ އެއްޗެތި، ނުވަތަ އެއްވެސް ޚާއްޞަކަމެއް ނެތް، ނުވަތަ ތިމާއަށް ކޮންމެހެން ބޭނުންނުވާ އެއްޗެތި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކޮށްފައި ސޯޝަލް މީޑިއާގައި ހާމަކުރުން ފަދަ ކަންކަން ކުރާތީއެވެ.

ބައެއް މީހުން އެފަދަ ކަންކަންކުރަނީ ކޮންމެވެސް އެކުވެރިއަކަށް ޖެއްސުމަކަށް ނުވަތަ މަޖަލަކަށެވެ.  

މިފަދަ ކަންކަމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ހިމެނިގެންދާނީ ﷲ ތަޢާލާއަށް އިޙްތިރާމް ކުޑަކުރަން ކުރާކަންކަމުގެ ތެރޭގައެވެ. ހަޖޫ އެޖެހެނީ ދުޢާއަށެވެ. ދުޢާ ކުރުމަށެވެ!

ސަމާސައަށް ކަންކަން ކުރަންޖެހޭނީވެސް ވަކިއިންތަކެއްގެ ތެރެއިންނެވެ. އެކަމުގެ ތެރެއަށް ﷲ ތަޢާލާ އާއި ދުޢާކުރުމާއި އަޅުކަންކުރުން ފަދަ ކަންކަން ވައްދައިގެންނުވާނެއެވެ. އެއިރުން އެދވެނީ ބޮޑުތަނުން އިމުން ބޭރުވެވިގެންނެވެ.  

ބައެއް މީހުންނަށް މިފަދަ ކަންކަން ކުރެވެނީ މިކުރެވެނީ ކިހައި ވަރެއްގެ ނުބައިކަން ބޮޑު ކަމެއްކަން ނުއެނގި ތިބެއެވެ. ވީމާ ކަމުގެ އަޞްލު މިބުނެދިނީއެވެ. މިބާވަތުގެ ކަންކަން ނުކުރާށެވެ! މިފަދަ ޕޯސްޓެއް ކުރެވިފައިވާނަމަ އަވަހަށް ޑިލީޓްކޮށްލާށެވެ!  

--މުފްތީ މެންކްގެ ނަޞޭޙަތެއް

މިއަދު އޮންލައިން