ﷲ އަށް ކިޔަމަންތެރިކަން އަދާކުރަން އަމިއްލަ ނަފުސާ ކުރާ ޖިހާދުކުރަން ހަތިޔާރަކަށް ބޭނުންވާނީ ހިތްވަރު! މައިދާނަކީ ޝައިޠޯނާ ވަސްވާސްދޭ ކޮންމެ ވަޤުތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ﷲ އަށް ކިޔަމަންތެރިކަން އަދާކުރަން އަމިއްލަ ނަފުސާ ކުރާ ޖިހާދުކުރަން ހަތިޔާރަކަށް ބޭނުންވާނީ ހިތްވަރު! މައިދާނަކީ ޝައިޠޯނާ ވަސްވާސްދޭ ކޮންމެ ވަޤުތެއް!

ފަރުދުންގެ ޙަޔާތުގައި ތަރުބިއްޔަތުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެއީ ﷲ ތަޢާލާގެ ގޮވާލެއްވުމަށް ދެވޭ އިޖާބައެކެވެ. އަދި ﷲ ތަޢާލާއަށް ކުރެވޭ އަޅުކަމެކެވެ. އަދި ނަފުސަށް ދެވޭ ރާޙަތަކާއި ހިތްހަމަޖެހުމެކެވެ. އަދި ފަރުދުގެ ޙަޔާތުގައި އަދި އޭނާ މަރުވުމަށްފަހުގައިވެސް އޭނާއަށް ލިބޭ ވަރަށް މަތިވެރި ޢިއްޒަތްތެރިކަމަކާއި ކަރާމާތްތެރިކަމެކެވެ. 

ﷲ ތަޢާލާއަށް ވެވޭ ކިޔަމަންގަތުމެއް: 

ހަމަކަށަވަރުން ﷲ ތަޢާލާ އިންސާނުން ހެއްދެވީ ބޭކާރު ގޮތުގައެއް ނޫނެވެ. އެބައިމީހުން ހެއްދެވީ އެބައިމީހުންނަށް ތަކުލީފުޖެއްސިގެންވާ ވަޒީފާއެއް އަދާކުރުމަށްޓަކައެވެ. އެއީ ﷲ ތަޢާލާގެ ދީން މި ބިންމަތީގައި ޤާއިމުކުރުމެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ. 

(وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ) [الذاريات: ٥٦]

މާނަ: "އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ."  

ﷲ ތަޢާލާއަށް ކިޔަމަންގަތުމުގައި އިންސާނާ އޭނާގެ ނަފުސާކުރާ ޖިހާދަކީ އެއީ އަޅުކަމެކެވެ. އޭނާގެ ނަފުސު އޭނާ އެ ތަރުބިއްޔަތު ކުރަނީ ﷲ ތަޢާލާގެ އަމުރުތަކަށް ބޯލަނބާ، އަދި ޝަރުޢުގައި ނަހީވެގެންވާ ކަންތައްތަކުން ދުރުހެލިވުމަށް އާދަވެފައިވާ، އެއްޗެއްގެ ގޮތުގައެވެ. ނަފުސު ތަރުބިއްޔަތު ކުރުމުގެ މި ޖިހާދަކީ ޖިހާދުގެ ވައްތަރު ތަކުގެ ތެރެއިން އެންމެ މަތިވެރި އެއްވައްތަރުގެ ޖިހާދެވެ. 

އެއީ އެންމެ ބޮޑުވެގެންވާ ޖިހާދު ކަމުގައިވެސް ބުނެވެއެވެ. (އަލްޖާމިޢު ލިއަޙްކާމިލް ޤުރުއާން ލިލް އިމާމިލް ޤުރުޠުބީ 242/13) 

ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި އަދި ކިޔަމަންގަތުމުގައި އިންސާނާގެ ނަފުސު ތަރުބިއްޔަތު ކުރުމުގައި ޖިހާދުކުރުމާއި ﷲ ތަޢާލާއަށް ކުއްތަންކޮށްދޭ ޢިލްމު އުނގެނުމަކީ އެއިލާހުގެ ރުހިވޮޑިގަތުން ޙާޞިލްކުރެވޭކަންކަމެވެ. ފަރުދުންނަށް ތަރުބިއްޔަތު މުހިއްމުވަނީ މިހެންވެއެވެ. ސަބަބަކީ އެއީ އޭގެ ސަބަބުން ﷲ އަށް ކިޔަމަންގަތުން އަދާކުރެވެއެވެ.

أصول التربية الإسلامية

أ.د. خالد بن حامد الحازمي

أستاذ التربية الإسلامية

الجامعة الإسلامية بالمدينة المنورة

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން