ފަރުޟް ނަމާދުން ނުފުދި ސުންނަތް ނަމާދުކުރަން ހިތްޖެހުމަކީ އެމީހަކަށް ސުވަރުގެ ލިބުން ގާތްވާ މަތިވެރި ކަމެއް! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފަރުޟް ނަމާދުން ނުފުދި ސުންނަތް ނަމާދުކުރަން ހިތްޖެހުމަކީ އެމީހަކަށް ސުވަރުގެ ލިބުން ގާތްވާ މަތިވެރި ކަމެއް! އިން ޝާ ﷲ: މުފްތީ މެންކް

ފަރުޟް ނަމާދުކުރުމުން އެއަދާކުރެވެނީ ކޮންމެ މުސްލިމަކުވެސް ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެކެވެ. އެވަރަކުން އެމީހަކީ ހިތުގެ ފުންމިނުން ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށް ނުވެއެވެ. ފުރިހަަމ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށްވެވޭނީ ސުންނަތް ނަމާދުތައްކުރަން ލޯބިވާ މީހަކަށްވެވިގެންނެވެ.  

އެދެރަޖައަށް މީހާގެ އީމާންކަން އުފުލުމުން ސުންނަތް ނަމާދުތައް ކުރަން ލޯބިވެވޭނެއެވެ. ނުކޮށް ހުންނަން އުނދަގޫވާނެއެވެ. އެދަރަޖައަށް ދާންބޭނުންވާ މީހާ ފުރަތަމަ ކަމަކަށް ރަވާތިބްސުންނަތްތައްކުރަންފަށާށެވެ. އަދި ރަވާތިބް ނޫންނަމަވެސް ނަމާދުތަކުގެ އިހުސުންނަތާއި ފަހުސުންނަތްތައް ކުރަންފަށާށެވެ. ދެން ވިތުރުކުރަންފަށާށެވެ. ޟުޙާނަމާދުކުރަން ފަށާށެވެ. އެއިރުން ރޭއަޅުކަން ނުކޮށް ހުންނަން އުނދަގޫވާނެއެވެ. މަސައްކަތްކުރަންވީ ވީހާ ގިނަ ސަޖިދަކުރާ މީހަކަށްވުމަށެވެ.

ލޮބުވެތި އެކުވެރިންނޭވެ! އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަންޖެހޭ ލޯބި ފުރިހަމަ ގޮތުގައި އުފެދިއްޖެނަމަ އެމީހަކަށް ސުންނަތް ނަމާދުތައް ނުކޮށް ހުންނަން އުނދަގޫވާނެއެވެ. ކުރަންޖެހޭ މަސައްކަތްކުރި ނަމަވެސް ސުންނަތް ނަމާދުތައް ދޫކޮށެއްނުލާނެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ސުންނަތް ނަމާދުތައްކުރާނެއެވެ. ކުރަން ހުންނަ ކަންކަން ނުކުރެވިގެން ކަންބޮޑުވެވޭ މިންވަރަށްވުރެ ބޮޑަށް ކަންބޮޑުވެވޭނީ ސުންނަތް ނަމާދުތައް ނުކުރެވިގެންނެވެ. އެއިރުން ޢަމަލުތަކުން އަންގައި އެދެވެނީ ސުވަރުގެ ލިބުން އެދޭ މިންވަރެވެ. ވީމާ ކުރާހިތުން ސުންނަތް ނަމާދުތައް ކުރަމުން ގެންދާ މީހާއަށް ﷲ ގެ ޙަޟްރަތުން ލައްވަވާ ރަޙްމަތް އެތައް ގުނައަކަށް ބޮޑުވާނެއެވެ. އެފަދަ މީހުންނަށް ސުވަރުގެ ލިބުން ގާތްވާނެއެވެ. ސުވަރުގެ ލިބުމުގެ ގާތްކަން ބޮޑުވެގެންދެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން