ޢަމަލުތައް އިޞްލާޙްކުރެވި ޞާލިޙް އަޅެއްގެ ގޮތުގަ ފުރާނަ ގެންދެވުން އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޢަމަލުތައް އިޞްލާޙްކުރެވި ޞާލިޙް އަޅެއްގެ ގޮތުގަ ފުރާނަ ގެންދެވުން އެދިގެން ކުރަން އޮތް ދުޢާއެއް!

އިންސާނުން އެންމެ ގިނައިން ދުޢާކުރަނީ އެމީހެއްގެ ދިރިއުޅުމުގައި ދަތި ޙާލަތެއް ކުރިމަތިވުމުންނެވެ. އެއީ މާލީ ގޮތުން ނުވަތަ ހިތްދަތިކަން ކަމުގައިވީނަމަވެސްމެއެވެ. އެފަދަ ޙާލަތްތަކުގައިވެސް ދުޢާކުރަންވީއެވެ.  

ނަމަވެސް އެންމެ މުހިންމު ދުޢާއަކީ އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދިގެން ކުރާ ދުޢާއެވެ. އެއިގެ ތެރޭގައި ދުނިޔަވީ ދިރިއުޅުމުގެ ކަންކަންވެސް ހިމަނައިގެން ދުޢާކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.  

ތިރީގައިވާ ދުޢާއަކީ އެގޮތުން ކުރަން ވަރަށް ފައިދާހުރި ދުޢާއެކެވެ.   

(اللهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ) [أخرجه مسلم 471 – (2720)]  

މާނައީ: "އޭ ﷲ! މިއަޅާގެ އެންމެހައި ކަމެއްގެ ރައްކާތެރިކަން ކަމުގައިވާ މިއަޅާގެ ދީން އިސްލާހުކޮށްދެއްވާނދޭވެ. އެތަނުގައި މިއަޅާ ދިރިއުޅެމުންމިދާ ދުނިޔަވީ ޙަޔާތުގެ އެންމެހައި ކަންތައްތައް އިސްލާޙްކޮށްދެއްވާނދޭވެ.  އެތަނަކަށް މިއަޅާ އެނބުރިދާންއޮތް މިއަޅާގެ އާޚިރަތް އިސްލާޙްކޮށްދެއްވާނދޭވެ. އިތުރު ހެޔޮކަންކަން މިއަޅާގެ ޙަޔާތަށް ގެނެސްދެއްވާނދޭވެ. ކޮންމެ ނުބައިކަމަކުން ސަލާމަތްވެފައިވާ ރާޙަތެއްކަމުގައި މިއަޅާގެ މަރު ލައްވާނދޭވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން