މަސައްކަތާހުރެ ޖަމާޢަތުގެ ނަމާދު ދޫކޮށްނުލާށެވެ! ވަކިވަކިން ކުރާ ސަތޭކަ ނަމާދަށްވުރެ ކުޑަކުޑަ ޖަމާޢަތެއްގެ ލޮބުވެތިކަންވެސް މާބޮޑެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މަސައްކަތާހުރެ ޖަމާޢަތުގެ ނަމާދު ދޫކޮށްނުލާށެވެ! ވަކިވަކިން ކުރާ ސަތޭކަ ނަމާދަށްވުރެ ކުޑަކުޑަ ޖަމާޢަތެއްގެ ލޮބުވެތިކަންވެސް މާބޮޑެވެ.

ޖަމާޢަތުގައި ނަމާދުކުރުމުން 27 އެވެ. އެކަނިހުރެ ކުރުމުން އެކެކެވެ. ހުރި ބޮޑު ތްފާތަށް ވިސްނާށެވެ. ހޭދަކުރަންޖެހޭ ވަޤުތުވެސް ދާދި އެއްވަރެވެ. ވީއިރު ލިބެން އޮތް 27 ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 

އެކަން އެނގޭއިރުވެސް ބަންގި ގޮވުމުންވެސް ޖަމާޢަތުގެ ނަމާދަށް ސަމާލުކަން ނުދެވޭ މީހުންނަށް އެކުރެވެނީ ވަރަށް ދެރަކަމެކެވެ. ޖަމާޢަތުގައި ބައިވެރިނުވެ އެކަނިހުރެ ކުރިނަމަވެސް އެކުރެވެނީ ނަމާދެކެވެ. އެކަނިހުރެ ނަމަވެސް ނަމާދުކުރުމުން ނަމާދުކުރިކަމަށްވާނެތީއެވެ. މަދުވެގެންދަނީ ޘަވާބު ދެއްވަވާ މިންވަރެވެ!

ނަމާދަށް ދިއުމުގައި ގާތުގައި ދެ މިސްކިތް ހުރެދާނެއެވެ. އެހެންކަމަށްވެއްޖެނަމަ ގިނަމީހުން ޖަމާޢަތުގައި ބައިވެރިވާ މިސްކިތަށްދާށެވެ. ވަގުތު އޮތްނަމަ ދުރަށް ހިނގައިގެންވެސް ބޮޑު ޖަމާޢަތުގައި ބައިވެރިވަން މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވަނީ ޖަމާޢަތްބޮޑުވިވަރަކުންނެވެ.  

ޚާއްޞަކޮށް ކޮންމެ ނަމާދެއް ވެސް ޖަމާޢަތުގައި ކުރަން މަސައްކަތްކުރާށެވެ. އެހެނީ ވަކިވަކިންކުރާ 100 ނަމާދަށްވުރެ އެންމެ 4 މީހުންގެ ނަމަވެސް ޖަމާޢަތުގައިކުރާ ނަމާދުގެ ލޮބުވެތިކަން ބޮޑެވެ.  

The Prophet صلى الله عليه وسلم said: “The prayer of two men, one of them leading the other, is better before Allaah than the prayer of eight praying separately, and the prayer of four men, one of them leading the others, is better before Allaah than the prayer of one hundred praying separately.” Takhreej: { Imam Al Bazaar in his Musnad and declared as Hasan by Shaykh Al Albaani رحمهم الله } 

އަހަރެމެންނަށް ކުރަންހުރި މަސައްކަތް ދުވަހަކުވެސް ނުނިންމޭނެއެވެ. މިބުނާ ބަހަކީ ކުރަންހުރި ހުރިހާ މަސައްކަތްކޮށް ނިންމާފައި ކުރާކަމަކަށް ނަމާދުކުރުން ހަދައިފިނަމަ ޖަމާޢަތުގައި ނަމާދުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ވާހަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން