ތައުބާވާން ކުރާމަސައްކަތަށް ޝައިޠޯނާ ހުރަސްއަޅާނެ! މިމަގުން މަސައްކަތްކޮށްފިނަމަ ޝައިޠޯނާ އެމީހާ ދުރަށްޖެހި ޘާބިތުކަން ލިބިގަނެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ތައުބާވާން ކުރާމަސައްކަތަށް ޝައިޠޯނާ
ހުރަސްއަޅާނެ! މިމަގުން މަސައްކަތްކޮށްފިނަމަ ޝައިޠޯނާ އެމީހާ ދުރަށްޖެހި
ޘާބިތުކަން ލިބިގަނެވޭނެ! އިން ޝާ ﷲ

އޭނާއަކީ 2 ކައިވެނި ރޫޅުމަށްފަހު އާވާރާ

ދިރިއުޅުމެއް އުޅުނު މީހެކެވެ. ކައިވެނިކުރުމުގެ ބަދަލުގައި ކައިވެނިނުކޮށް ފާހިޝް ޢަމަލުތައް ކުރަމުން އައި މީހެކެވެ. އެކަކަށްވުރެ ގިނަ އަންހެނުން އެކުގައި ގެއަށް ގެނެސް މަޖާނެގި މީހެކެވެ.  

އޭނާއަށް މިއުޅެވެނީ ރަނގަޅަށް ނޫންކަން ވިސްނުމުން ތައުބާވާން އޭނާ މަސައްކަތްފެށިއެވެ. ކުރާ ނުބައި އަމަލުތައް މަދުކުރަން މަސައްކަތްފެށިއެވެ. ނަމަވެސް މާބޮޑު ކާމިޔާބީއެއް އޭނާއަކަށް ނުހޯދުނެވެ. ދޭތެރެއަކުން ހަމަ ފާފަތައް ކުރެވެނީއެވެ.

ޙައްލެއް ލިބޭތޯ މިސްކިތުގެ އިމާމް މީހާ އާއި މަޝްވަރާކުރިއެވެ. އޭނާ ބުންޏެވެ. "ފާފަކުރެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. ވީމާ ފުރަތަމަ ކަމަކަށް ޝައިޠޯނާ ދުރަށް ޖައްސާށެވެ! އަދި ޢަޒުމް ވަރުގަދަ މީހަކަށްވާށެވެ. މިހާރު މވަގުތުވެސް ޢަޒުމް ކަނޑައަޅާށެވެ! އިތުރު އެންމެ ފާފައަކަށްވެސް އަރައިނުގަތުމަށެވެ. ހަމަ އެއާއިއެކު އަޅުކަންކުރުން ގިނަކުރާށެވެ! ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަންފަށާށެވެ. ހަމައެއާއިއެކު ފާފަނުކޮށް ހުރުމުގެ ޘާބިތުކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ. އެޙާލަތުގައިވެސް ފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮކަމެއް ކުރާށެވެ! އެންމެ ކުޑަމިނުން 2 ރަކްޢަތް ނަމާދެއް ކުރާށެވެ! 4 ސަޖިދަކުރާތަން ދެކެން ޝައިޠޯނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ވަސްވާސް ދިނުން ހުއްޓައިލާނެއެވެ. ތިބާގެ މަޤްޞަދު ކާމިޔާބު ކުރެވޭނެއެވެ. އިން ޝާ ﷲ."

އިމާމްގެ ނަޞޭޙަތް އޭނާ ޤަބޫލުކުރިއެވެ. އިމާމް ބުނިމަގުން މަސައްކަތްފެށިއެވެ.  

ޝައިޠޯނާއަށް އެކަމަށް ކެތެއް ނުކުރެވުނެވެ. އޭނާގެ އަންހެން އެކުވެރިންގެ ތެރެއިން 2 އަންހެނަކު އެކުގައި އޭނާގެ ގާތަށް ފޮނުވިއެވެ. ގޭގައި ހުއްޓައެވެ. އެރޭ އޭނާ ކަންތައްކުރިގޮތް އެނގޭހެއްޔެވެ؟ އެކުދިންނަށް މަރުޙަބާ ކިޔައި ގެއަށް ވެއްދިއެވެ. އަދި އެކުދިންނަށް ފައިސާގެ ހަދިޔާއެއްވެސް ދިނެވެ. ނަމަވެސް ބުނީ ތައުބާވެއްޖައިން ކަމަށާއި އިތުރަށް ފާފައެއް ނުކުރާނެ ކަމަށެވެ. އަދި އޭނާއަށް ގުޅައި ހުއްދަލިބިގެން ނޫނީ ދެން ގެއަށް ނައުމަށެވެ.  

އެހިސާބުން އޭނާ މަސައްކަތްފެށީ ތަޤްވާވެރި އަނތބަކު ހޯދުމަށެވެ. އެކަންވެސް އުނދަގޫކަމަކަށް ނުވިއެވެ. އޭނާދެކެ ލޯބިވާ ނުހަނު ތަޤްވާވެރި އަންތބަކު ލިބުނެވެ.  

މީސްތަކުންނޭވެ! މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލްކުރާށެވެ. ފާފަކުރުން ހުއްޓާލަން ބޭނުންނަމަ އޮތީ އެއްފަހަރުން ފާފަކުމާއި ދުރުހެލިވުމެވެ. ފާފަ ކުރުމާއި ދުރުހެލިވެއްޖެނަމަ ޝައިޠޯނާ އަމިއްލައަށްވެސް ދުރުހެލިވާނެއެވެ. އެއީ ކުރި ހުރިހާ މަސައްކަތްތަކެއް ފޭލްވީތީ މާޔޫސްވެގެންނެވެ.

 

މިދަރުސް އަޑުއަހަން މިތިބަ މީހުންގެ ތެރޭގައިވެސް މިބަޔާންކުރި ފަދައިން އެކިމިންވަރަށް ފާފަކުރެވޭ މީހުން ތިބޭނެއެވެ. ތައުބާވާން ބޭނުން މީހުންވެސް ތިބޭނެއެވެ. އަޖުމަބަލައިލަންވެސް ނިކަން މިބަޔާންކުރިމަގުން ނިކަން ޢަމަލުކޮށްލައިބަލާށެވެ! ކާމިޔާބު ކުރެވޭނެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން