އެންމެ ގާތް އެކުވެރިއަކަށް އަނެއް ޖިންސުގެ މީހަކު ގެންގުޅެން އޮތީ ދެމީހުން ކައިވެނިކުރުމަށްފަހު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންމެ ގާތް އެކުވެރިއަކަށް އަނެއް ޖިންސުގެ މީހަކު
ގެންގުޅެން އޮތީ ދެމީހުން ކައިވެނިކުރުމަށްފަހު!

 

ބެސްޓްފްރެންޑެއްގެ ގޮތުގައި އަނެއް ޖިންސުގެ މީހަކު ގެންގުޅުމަކީ ދީނުގަ މަނާކަމެއްތޯ؟ ފަދަ ސުވާލުތައް ބައެއް ކިޔުންތެރިން ކުރައްވާތީ މިހެނެސްދެނީ އެކަމުގައި ޝައިޚުގެ ބަސްފުޅެވެ.  

އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުންނަށް "ބެސްޓް ފްރެންޑުން"ނަށް ވެވިދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ އާނއެކެވެ! ވެވިދާނެއެވެ. ނަމަވެސް ކައިވެންޏަށްފަހުގައެވެ. ކައިވެންޏަށްފަހު ވާނީ ހަމައެކަނި "ބެސްޓް ފްރެންޑުންނަކަށް" ވެސް ނޫނެވެ. އަނބިމީހާގެ ބެލެނިވެރިކަންވެސް ފިރިމީހާއަށް ލިބޭނެއެވެ.

ބުނަންހެއްޔެވެ؟ ކިތަންމެ ބެސްޓްވިޔަސް ހިލޭ އަންހެނަކާއި ފިރިހެނަކު ބައްދަލުކުރާނަމަ މެދުގައި ޝައިޠޯނާ ހުންނާނެއެވެ. ދެންވެވޭނީ ޝައިޠޯނާގެ ބެސްޓުންނަށެވެ. ޙަދީޘްފުޅުން އެކަން އަންގަވާފައިދެއްވަވާފައި އޮތުމުން މިއީ އިތުރަށް ބަހުސްކުރަން އޮތް ކަމެއް ނޫނެވެ.  

ވީމާ ހޯދަން މަސައްކަތްކުރަންވީ ބެސްޓް ފްރެންޑެއް ނޫނެވެ. ވަފާތެރި އަންތބެކެވެ. އޯގާތެރި ފިރިއެކެވެ. ދެދުނިޔެ ކާމިޔާބުކޮށްދޭނެ ބައިވެރިއެކެވެ. އެހެންކަމުން ބަލައިލަންވީ އެކަމުގައި ރަސޫލް (ﷺ) ބަޔާން ކުރައްވަވާފައިވާ ބަސްފުޅަށެވެ.  

ރަސޫލް (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ އަންހެނެއްގެ ކައިވެންޏަށް އެދޭނީ 4 ސަބަބަކަށްޓަކައި ކަމަށެވެ. އެއީ އޭނާގެ މާލީ ތަނަވަސްކަމާއި، އޭނާގެ ރީތިކަމާއި އޭނާގެ ހަސަބުގެ (ޢާއިލާގެ) މަތިވެރިކަމާއި އޭނާގެ ދީންވެރިކަމެވެ.  

ބާއްޖަވެރިކަމާއި އުފާވެރިކަމާއި ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ ދީންވެރި، ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރާށެވެ.  

--އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން