ދަރިއަކަށް އަނިޔާކުރުމުން ރުޅިއިސްނުކުރެވޭނެ މީހަކު ވަރަށް މަދުވާނެ! ސުވާލަކީ އެންމެ ފައިދާހުރި ގޮތަކީ ބަދަލުހިފުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރިއަކަށް އަނިޔާކުރުމުން ރުޅިއިސްނުކުރެވޭނެ
މީހަކު ވަރަށް މަދުވާނެ! ސުވާލަކީ އެންމެ ފައިދާހުރި ގޮތަކީ ބަދަލުހިފުން
ހެއްޔެވެ؟


އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް މަޑުން ހުންނަ

ކުއްޖެކެވެ. ކްލާސްކުދިން ކުރާ ނުބައި ކަންކަމުގައި ބައިވެރިނުވާތީ ޙަސަދަފިލުވަން އަތް އަނބުރައިލި ގޮތަކުން ވަނީ ކޮނޑުހުޅުން ނެއްޓިފައެވެ. އެކަންކުރި ކުއްޖާގެ އަތް އެގޮތަށް އަނބުރާލައިފިނަމަ ފާފަވެރިވާނެތޯ؟

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ ޤިޞާޞް ހިފުމުގެ މައްސަލައެވެ. އަމިއްލައަށް ޤިޞާޞްހިފުމެއް ނެތެވެ. އެކަން ހުއްދަކުރެވޭނީ ޝަރީޢަތުންނެވެ. ވީމާ ވިސްނުން ބަދަލުކޮށްލައްވާށެވެ. ތިރީގައިވާ ލިޔުމުން ޢިބްރަތް ލިބިގަންނާށެވެ!  

މީގެ ދިހަވަރަކަށް އަހަރުކުރިން މުސްލިމް ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކަށް އުޅުނީމެވެ. އެދުވަސްވަރު ސްކޫލްގެ ޕްރިންސިޕަލްގެ ދަރިފުޅު ޕިއްޒާ ބަހަން އުޅެނިކޮށް މީހަކު އޭނާގެ ކަރުބުރިކޮށްލިއެވެ. (ކަރުބުރިކޮށް މަރައިލިއެވެ.)  

އެކަން ހިނގި ވަޤުތުން ފެށިގެން ޕްރިންސިޕަލް މަސައްކަތްކުރެއްވީ ޤާތިލާއި ބައްދަލުކުރުމަށެވެ. ވަކީލުން މެދުވެރިކޮށެވެ. އެހެންނަމަވެސް ބައްދަލުކުރެވުނީ 2 އަހަރު ފަހުންނެވެ.  

ޤާތިލާއި އެވަރުން ބައްދަލުކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ! "އަހުރެން ބޭނުންވަނީ އޭނާއަށް މާފުކުރުމަށެވެ. އަހުރެންގެ ދަރިފުޅު ފަދައިން އޭނާވެސް ސުވަރުގޭގައިވުމަށެވެ."

މީހަކު ތިމާއަށް ދެރައެއް ދިނަސް ބަދަލު ނުހިފާށެވެ! އެއިރުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ! ޕްރިންސިޕަލް މަސައްކަތް އެކުރީ ދަރިފުޅުގެ ޤާތިލަށް މާފުކޮށް އެކަމުން ލިބެން އޮތް ޘަވާބު ހޯދަންކަމަށް ޤަބޫލުކުރެވެއެވެ. ޤިޞާޞް ހިފަން ލިބޭ ފުރުޞަތުގައި މާފުކުރުމުން ދެއްވަވާ ޘަވާބުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ.  

ވީމާ ބަދަލު ހިފުމުގެ ރޫޙް ދޫކޮށްލާށެވެ! ސުވަރުގެއިން ލިބެން އޮތް މަތިވެރި ދަރަޖައަށް ދަހިވެތިވާށެވެ! 

--މަޢުލޫމާތު: އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން