ނިދާ އެނދަށް ފެންނާނެ ގޮތަށް މޫނުބަލާލޯގަނޑު ބެހެއްޓުމަކީ ޖިންނިތަކުން ކޮޓަރި ފުރިގެންދާ ވަރަށް ބިރުހުރި ކަމެއް! ޛިކުރުތައް ކިޔާތީ ޖިންނިންނަށް ނުފެންނަ ހަށިތައް ބިއްލޫރިގަނޑުން ފެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނިދާ އެނދަށް ފެންނާނެ ގޮތަށް މޫނުބަލާލޯގަނޑު ބެހެއްޓުމަކީ ޖިންނިތަކުން ކޮޓަރި ފުރިގެންދާ ވަރަށް ބިރުހުރި ކަމެއް! ޛިކުރުތައް ކިޔާތީ ޖިންނިންނަށް ނުފެންނަ ހަށިތައް ބިއްލޫރިގަނޑުން ފެނޭ!

މިހާރަކަށް އައިސް ކަންކަން ކުރިއަށް ގެންދިއުމުގެ ނަމުގައި ޝައިޠޯނާ ކުރުވާ ކަންކަމުގެ ތެރޭގައި ނިދާ އެނދު ފެންނަ ގޮތަށް މޫނުބަލާ ލޯގަނޑު ބެހެއްޓުން ހިމެނެއެވެ. ބައެއް ކޮޓަރިތަކުގެ ހުރިހާ ފާރުތަކެއްގައިވެސް ލޯގަނޑު ބަހައްޓައެވެ. ބައެއް ލޯހަނޑުތައް ހުންނަނީ އަލަމާރީގައެވެ.  

މިކަން ޝައިޠޯނާ ކުރުވަނީ ދެމަފިރިން އެއްދާންކުރާއިރު ކުރާ ކަންކަން ބެލުމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަމަށް ވިސްނުވައިދީގެންނެވެ. ކަންކަން ކުރަމުން ބަލަން ފަސޭހައަކަށެވެ.  

ދެއިރުގެ ޛިކުރުތައް ކިޔައި ޝައިޠޯނުންތަކުގެ ކިބައިން ރައްކައުތެރިކަން ލިބިގެންތިބޭ މީހުންވެސް މިކަން އެބަކުރެއެވެ. ނަތީޖާއަކަށްވަނީ އެމީހުންގެ ހަށިތައް އެއެއްޗެތީގެ ލޮލަށް ނުފެނުނަސް ލޯގަނޑުތަކުން ފެންނަ ކަމެވެ. އެކަމުގައި ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ދެމަފިރިން ކުރާ ކަންކަމަށް ޝައުޤުވެރިވެ ބަލަން ބޭނުންވުމެވެ. އެމަންޒަރުތައް ފެނުމުން ފާރަވެރިވެގެން ތިބެފައި ލިބޭ ހަނިފުރުޞަތުގައި ހަށިގަނޑުގެ ތެރެއަށް ވަދެގަންނަނީއެވެ. ޛިކުރުތައް ނުކިޔާ މީހުންގެ ހަށިގަނޑަށް ވަންނަން މާފަސޭހަވެއެވެ.  

މިއީ ކުރިން އަހުރެންނަށްވެސް ނުއެނގޭ ކަމެކެވެ. އެނގުނީ މިމައްސަލަ ކުރިމަތިވެފައިވާ ބައެއް މީހުންނަށް ރުޤްޔާކުރުމުގެ ތެރޭގައެވެ. ވީމާ އަހުރެން ބުނާނީ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ. އެނދާށ ދިމާވާ ގޮތަށް އަލަމާރިއެއްގެ ބިއްލޫރިގަނޑު ހުރިނަމަވެސް އެއްދާންކުރާއިރު ފޮތިގަނޑަކުން ނަމަވެސް ބިއްލޫރިގަނޑު ފޮރުވާށެވެ. ދެމަފިރިން ކުރާ ކަންކަން ބިއްލޫރިގަނޑުން ފެނުމުން ލިބޭ ކުޑަ ހިތްހަމަޖެހުމަކަށްވުރެ ހަށިގަނޑަށް އެއެއްޗެތި ވަނުމުން ނުވަތަ އަވަލުމުން ލިބޭ ގެއްލުން މާބޮޑުވީމައެވެ.  

މިއީ މަޝްހޫރު ރުޤްޔާކުރާ މީހަކު ދައްކާފައިވާ ވާހަކައަކުން ނަގާފައިވާ ބައެކެވެ. މުފްތީ މެންކުގެ ވާހަކަފުޅެއްގައިވެސް އެނދަށް ފެންނަގޮތަށް ބިއްލޫރިގަނޑު ބެހެއްޓުމާއި ބެހޭގޮތުން ވަނީ މިބާވަތުގެ ވާހަކަފުޅެއް ދައްކަވައިފައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން