ތިއަ ލޮބުވެތި ކަނބަލުންގެ އާޚިރަތް އެންމެފަސޭހައިން ލިބިގަނެވެން އޮތްގޮތް ޙަދީޘީން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިއަ ލޮބުވެތި ކަނބަލުންގެ އާޚިރަތް އެންމެފަސޭހައިން ލިބިގަނެވެން އޮތްގޮތް ޙަދީޘީން!

 އަންހެނަކަށް ބުނެވުނެވެ. "އެކުވެރިންނާއިއެކު

އުފާކޮށްލަން ބޭރަށްނުގޮސް ގޭގައި ތިއަ އިންނަނީ ސިކުނޑީގައި އުނިކަމެއް ހުރީމާ ހެއްޔެވެ؟" ޖަވާބުގައި އެކަނބުލޭގެ ބުންޏެވެ. "އުނިކަމެއް ހުރެގެން އުޅެނީ އަހުރެންގެއެއް ނޫނެވެ. އުނިބައަކީ ލިބެން އޮތް އެންމެ ފައިދާހުރި އުފާވެރިކަން ދޫކޮށްލައި ގެއިން ބޭރުގައި ވަޤުތުތައް ހޭދަކުރާ ބައެކެވެ. އަހުރެން މިއިންނަނީ މަރުވާނެ ވަޤުތުގެ އިންތިޒާރުގައެވެ. އަވަހަށް ސުވަރުގެ ވަދެވެން ބޭނުންވާވަރު ބޮޑުކަމުންނެވެ." ހަމަކަށަވަރު އެކަނބުލޭގެ އެބުނީ އެންމެ ފައިދާހުރި ބަސްތަކެވެ.

އަންހެނަކު ރަސޫލް (ﷺ) އަށް ދެންނެވިއެވެ. "ފިރިހެނުން ޖިހާދަށް ދެއެވެ. ޖަމާއަތަށް ދެއެވެ. ޖަނާޒާތަކުގައި ބައިވެރިވެއެވެ. އަހަރެމެން އަންހެނުންނަށް އޮތީ ދަރިން ބަލަން ގޭގައި ތިބުމާއި ފިރިންނަށް ޚިދުމަތް ކުރުމެވެ." އޭނާގެ ޝަކުވާއަކީ ﷲ ތަޢާލާގެ މަގުގައި ފިރިހެނުންނަށް ކުރެވޭ ކަންކަން ކުރުމުގެ ފުރުޞަތު އަންހެނުންނަށް ހަނިވެފައިވުމެވެ.  

އެކަނބުލޭގެއަށް ރަސޫލް (ﷺ) ދެއްވެވި ޖަވާބު އެނގޭ ހެއްޔެވެ؟ "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެތެވެ."  

ވީމާ ހަމަ ހަމައެކަނި މިވަރުންވެސް ފިރިންނަށް ކިޔަމަންތެރިކަން އަދާކުރުމުން އަނބިންނަށް ދެއްވަވާނެ ނިޢްމަތްތައް މިއޮތީ އެނގޭށެވެ! ލިބިގަންނަން އަވަހަށް މަސައްކަތްފާށާށެވެ!  

"އަންހެނަކު ފަރުޟު 5 ނަމާދުކޮށް ރަމަޟާން މަހު ރޯދަ ހިފައި އަދި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ ޤިޔާމަތް ދުވަހުން އެކަނބަލުން ސުވަރުގެ ވަނުމަށް އެދޭ ދޮރަކުން ސުވަރުގެ ވައްދަވާނެ" ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

--އިމާމް މާޒިން ޢާދިލްގެ ދަރުސަކުން   

 

މިއަދު އޮންލައިން