ފެށުމުގެކުރިން ކަމެއް ފާހަގަކޮށްލާނަމެވެ! ތިބާ ވަޒިފާއަދާކުރެއެވެ. ތިބާއަށް ދީފައިވަނީ ތަނުގެ އެންމެ މަތީ ވަޒީފާއެވެ. އެހެންކަމާއިއެކުވެސް ކިޔަމަންތެރިނުވެ ތިބާ ކަންކަންކުރަނީ ވަޒީފާދިން ފަރާތުން އެންގިގޮތަކަށް ނޫނެވެ. އެކަން ތަނުގެ ވެރިންނަށް ތިބާގެ ވަޒީފާއަށްވާނީ ކިހިނަކުން ހެއްޔެވެ؟
މާތް ﷲ އަހުރެމެން ދުނިޔޭގައި ލައްވަވާފައިމިވަނީ ވަޒީފާއެއް ދެއްވަވައިފައެވެ. އެވަޒީފާ ރަނގަޅު ގޮތުގައި އަދާކުރުމުން ސުވަރުގެ ވައްދަވާނެ ކަމުގެ އުފާވެރިޚަބަރާއިއެކުގައެވެ. ކިޔަމަންތެރިނުވެއްޖެނަމަ ހުރީ ނަރަކަކަމާއި ނަރަކައިން ލިބޭނެ ގަދަފަދަ ޢަޛާބުވެސް ވަނީ އަންގަވައިފައެވެ.
ހަމައެކަނި ވަޒީފާއެއް ދެއްވެވީއެއްވެސް ނޫނެވެ. އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރި ދަރަޖަވެސް ވަނީ ދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް އެމަތިވެރި ދަރަޖަ ދޫކޮށްލައި ޝައިޠޯނުންގެތެރޭގައި ހިމެނިގެން އުޅެފައި ﷲ ތަޢާލާގެ ޙަޟްރަތަށް ކުރިމަތިލާން އެބަޖެހެއެވެ. އެކަމަކުން ސަލާމަތެއް ނުވެވޭނެއެވެ. ވިސްނަންވީ އެދުވަހު ތިމާ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަންޖެހޭނެއިރު ދެއްކޭނެ ޢުޛްރެއް ނުއޮންނާނެ ކަމާއިމެދުގައެވެ.
ޝައިޚުގެ ބަސްފުޅު:
މީގެ ކުރިން ފެނިފައި ނުވާތަކެއްޗާއި އެނގިފައިނުވާ ނަންތަކާއި އަޑުއަހާފައި ނުވާ ބަސްތައް އިންސާނާއަށް އޭނާގެ ވެރި ރައްބު ވަނީ އުނގަންނަވައި ދެއްވާފައެވެ.
(وَعَلَّمَ ءَادَمَ ٱلۡأَسۡمَاۤءَ كُلَّهَا ثُمَّ عَرَضَهُمۡ عَلَى ٱلۡمَلَـٰۤىِٕكَةِ فَقَالَ أَنۢبِـُٔونِی بِأَسۡمَاۤءِ هَـٰۤؤُلَاۤءِ إِن كُنتُمۡ صَـٰدِقِینَ)
"އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوى ގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!" (އަލްބަޤަރާ: 31)
(قَالُوا۟ سُبۡحَـٰنَكَ لَا عِلۡمَ لَنَاۤ إِلَّا مَا عَلَّمۡتَنَاۤۖ إِنَّكَ أَنتَ ٱلۡعَلِیمُ ٱلۡحَكِیمُ)
"އެ ملائكة ން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 32)
(قَالَ یَـٰۤـَٔادَمُ أَنۢبِئۡهُم بِأَسۡمَاۤىِٕهِمۡۖ فَلَمَّاۤ أَنۢبَأَهُم بِأَسۡمَاۤىِٕهِمۡ قَالَ أَلَمۡ أَقُل لَّكُمۡ إِنِّیۤ أَعۡلَمُ غَیۡبَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِ وَأَعۡلَمُ مَا تُبۡدُونَ وَمَا كُنتُمۡ تَكۡتُمُونَ)
"އެކަލާނގެ وحى ކުރެއްވިއެވެ. އޭ آدم ގެފާނެވެ! ކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވާށެވެ! ދެން އެކަލޭގެފާނު، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވިހިނދު، އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް وحى ނުކުރައްވަން ހެއްޔެވެ؟" (އަލްބަޤަރާ: 33)
- -ޢަބްދުﷲ މާހިދު
މިއާޔަތްތަކުން އެނގިގެން މިދަނީ ހުރިހާ މަލާއިކަތުންގެ ކުރިފުޅުމަތީގަ ﷲ ތަޢާލާ އާދަމްގެފާނު މަތިވެރިކުރެއްވެވި މިންވަރެވެ. މިފަދަ ބޮޑު މަތިވެރިކަމެއް ދެއްވެވުމުން އިންސާނާ މިއަދު ދުނިޔޭގައި އުޅެމުންދާ ގޮތާއިމެދު އަމިއްލައަށް ވިސްނައިލުން ބުއްދިވެރިއެވެ.