ކޮންމެ މީހަކީ ގޯސްމީހެއްކަމަށް ބުނަނީއެއް ނޫނެވެ.
ކޮންމެ މީހަކު އެއްޗެއްދޭނީ ޙަސަދަލާފައި ކަމަށް ބުނަނީއެއްވެސް ނޫނެވެ. އެހެންކަމާއިއެކުވެސް ޙަސަދަވެރިންވެސް އެއްޗެތި ދެއެވެ. ގޭގައި ބަހައްޓާޒާތުގެ ހަދިޔާވެސްދެއެވެ. އެކަމުން ކުރިމަތިވާ މައްސަލަ އެނގޭހެއްޔެވެ؟
އެއީ ޙަސަދައާއި އެސްފީނާއަށް ގެއަށްވަދެ ބަނޑަޖަހަން ފުރުޞަތުލިބޭ ކަމެކެވެ. އެއިރުން ގޭގައި ޝައިޠޯނާ ޖަގަހަ ހަދައިގެން ދިރިއުޅެން ފަށައެވެ. އެހިސާބުން ގޭތެރޭގައި ދެކޮޅުވެރިކަމާއި ފިތުނަވެރިކަން ޢާންމުވެގެންދެއެވެ.
އެއްވެސް މީހެއްގެ ހިތެއް ނުއެނގޭނެއެވެ. ކިތަންމެ ބޮޑު ޙަސަދަވެރިއަކުނަމަވެސް ހެވިފައި ހުރެގެން ކިތަންމެ އަގުބޮޑު އެއްޗެއްވެސް ދީފާނެއެވެ. ގޭގައި ބަހައްޓާނެ ސޯފާސެޓެއްފަދަ އެއްޗެއްވެސް ދީފާނެއެވެ. އަދި ރީއްޗަކަށް ގޭގައި ބަހައްޓާނެ އެއްޗެއްވެސް ދީފާނެއެވެ.
އެގޮތަށް ލިބޭ އެއްޗެތި ގެއަށްވައްދަންވާނީ ޛިކުރުތައް ކިޔުމަށްފަހުގައި އާޔަތުލްކުރުސިޢާއި ފަހު 3 ސޫރަތްވެސް ކިޔަވައިފައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދިގެންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަނެގެންނެވެ.
ވީމާ މީހުން ހަދިޔާގެ ގޮތުގައި ދޭތަކެތި ގޭގައި ބަހައްޓަންވާނީ މިބުނިމަގުން ރައްކައުތެރިކަން ލިބިގަނެގެންނެވެ. މީހަކު އެއްޗެއް ގެނެސްދިންނަމަވެސް ގޭގައި ބަހައްޓަންވާނީ މިބުނިމަގުން ކަންކަން ކުރުމަށްފަހުގައެވެ.
މިއީ މުފްތީ މެންކު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މުފްތީ މެންކަކީ ރުޤްޔާކޮށްދެއްވި ބޭކަލެކެވެ. ޙަސަދައާއި އެސްފީނާއިން ރައްކައުތެރިވެ ތިބުމަށް ވަރަށް ގިނައިން ދަރުސްތައް ދެއްވަވައެވެ. ވީމާ މިވާހަކަފުޅު ވިދާޅުވެފައިއެވަނީ ތަޖުރިބާގެ މައްޗަށް ބައްލަވައިގެން ކަމަށް ޤަބޫލުކުރެވެއެވެ.
- މިއަދުނޫސް