ހަސަދައަކަށް ނުވާނެގޮތަށް ވާދަކުރަން އޮތީ އެންމެ ކަމެއްގަ! އެކަމުގަ އޮތީ ވާދަކުރަން ކެރުނުވަރެއް!

ކިޔުމަށް ހޭދަވާނީ 4މ 15ސ
ހަސަދައަކަށް ނުވާނެގޮތަށް ވާދަކުރަން އޮތީ އެންމެ ކަމެއްގަ! އެކަމުގަ އޮތީ ވާދަކުރަން ކެރުނުވަރެއް!

ޢާއިޝަތު ރަފާޙް ޢަލީ 

މީހަކަށް ﷲ ތަޢާލާ ނިޢުމަތެއް ދެއްވަވައިފިނަމަ އޮތީ މާޝާﷲ ކިޔުމެވެ. ޙަސަދަވެރިނުވުމެވެ. ނަމަވެސް އޭނާއަށް ދެއްވެވި ފަދަ ނިޢުމަތެއް ތިމާއަށްވެސް ދެއްވެވުމަށް އެދެވިދާނެއެވެ. ކޮށްގެން ނުވާނެކަމަކީ އޭނާއަށް ދެއްވެވި ނިޢުމަތަށް ޙަސަދަވެރިނުވުމެވެ. އަދި މިގޮތުން ނިޢުމަތަށް އެދޭއިރުވެސް އެދެންވާނީ ﷲ ގެ މަގުގައި ކުރިއަށްދިއުމުގެ ނިޔަތާއިއެކުގައެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

لاَ حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهُوَ يَتْلُوهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، فَسَمِعَهُ جَارٌ لَهُ، فَقَالَ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالًا فَهُوَ يُهْلِكُهُ فِي الحَقِّ، فَقَالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ 

މާނައީ: "ދެކަމެއްގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. ﷲ މީހަކަށް ޤުރުއާން އުނގަންނަވައި ދެއްވައި، އެމީހަކު ރެޔާއި ދުވާލު އެ ޤުރުއާން ކިޔަވައެވެ. ދެން އެ އަޑު އަވަށްޓެރިއަކަށް އިވުމުން ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ. އަދި ﷲ މީހަކަށް މުދާ ދެއްވައި، އެމީހަކު ޙައްޤުގޮތުގައި އެ މުދާ ހޭދަކުރެއެވެ. ދެން މީހަކު ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށްވެސް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ." 

މި ހަދީޘުން ލިބޭ ފައިދާތައް:

·      ހެޔޮކަންކަމުގައި ވާދަކުރުން ހުއްދަކަން ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އުއްމަތައް އުނގަންނައިދެއްވުން 

·      ކީރިތި ޤުރްއާން އުނގަންނައިދިނުމަކީ ވަރަށް ބޮޑު އަޖުރެއް ލިބޭނެ ކަމެއްކަން

·      ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ މުހިއްމުކަން

·      ޢިލްމު އުނގެނުމުގައި ލަދުގަތުމެއް ނެތްކަން

·      ޢިލްމުގައި ކުރިއަރާދިޔުން

·      ޢިލްމު ލިބުނަސް އެކަމާ ޙަސަދަވެރިވެގެން ނުވާނެކަން  

މި ހަދީޘު ރިވާކުރެއްވީ އިބްނު މަސްޢޫދެވެ. އެކަލޭގެފާނުގެ ނަންފުޅަކީ عبد الله بن مسعود بن غافل بن حبيب، يُكنّى بأبي عبد الرحمن الهذلي المكيّ المُهاجريّ البدريّ އެވެ. އެކަލޭގެފާނު ވަނީ ބަދުރު ހަނގުރާމަ އާއި، އުޙުދު ހަނގުރާމަ އާއި ޚަންދަޤު ހަނގުރާމަ އާއި ބައިޢަތުއް ރިޟްވާން އާއި އަދިވެސް އިތުރު ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ أمّ عبد بنت عبد ودّ بن سوي. އެވެ.

މިއަދު އޮންލައިން