އިން ޝާ ﷲ މިކަންކަމަށް ސަމާލުކަންދީފިނަމަ ޖިންނި އަވަލުން ދުރުވާނެ! އަވަލައި ހަށިގަނޑަށް ވަދެއްޖެނަމަ ފެންނާނެ ކަންކަމާ ޝިފާހޯދަން ކުރެވޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އިން ޝާ ﷲ މިކަންކަމަށް ސަމާލުކަންދީފިނަމަ ޖިންނި
އަވަލުން ދުރުވާނެ! އަވަލައި ހަށިގަނޑަށް ވަދެއްޖެނަމަ ފެންނާނެ ކަންކަމާ
ޝިފާހޯދަން ކުރެވޭނެ ކަންކަން-


މިކިޔައިދެނީ ރޯދަމަސް ނިމުނުފަހުން ހިނގި ކަމެކެވެ. އެއީ ހަށިގަނޑން ބޮޑު، ދިގު ދޮން  ރީތި އަންހެނެކެވެ. ނިދަން އޮތީ ފޭރާމެއް ނެތިއެވެ. ދޮރު ތަޅުނުލާހުރީމާ ޢާއިލާގެ ފިރިހެނަކު ހުޅުވިތަނުން އެތަން ފެނުމުން ބަލަން ހުއްޓިލެވުނު ވަޤުތެވެ.

ކުއްލިއަކަށް ހީވީ ނިތްކުރީގައި މީހަކު ޖެހިހެންނެވެ. އިތިފުށަށް ވެއްޓުނީއެވެ. ވެއްޓުނު ގޮތަށް އަނގައަކުން ނުބުނެވުނެވެ. ގޭގެ މީހުންނަށް އަޑެއް އިވުނުހެން ހީވެގެން އައިސް ބެލިއިރު އޭނާއަށް އޮތީ ދެކަމުއެކީ ޙާޖަތަށް ދެވިފައެވެ.  

އާދައިގެ ކަމެއް ނޫންކަން ވިސްނި ރުޤްޔާކުރާ މީހަކު ގެނެސް ރުޤްޔާކުރުމުން އެނގުނީ އެއަންހެން މީހާ އާއި އަވަލައިގެން އެކުގައި އުޅޭ ޖިންނި ރުޅިގަދަވެގެންކުރި ކަމެއްކަމެވެ. ރުޅިގަދަވީ އޭނާގެ އަޢުރައަށް ބެލީމައެވެ.  

މިހުރީ ކަންކަން ހިނގަމުންދާ ގޮތެވެ. ވީމާ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ޖިންނި އިންސާނުންނާއި އަވަލަނީ ހަމައެކަނި ސިޙުރަކުން ނޫނެވެ! ސިޙުރުގެ އިތުރުން އިންސާނަކު ދެކެ ލޯބިވެގެންވެސް އަވަލައިފާނެއެވެ! އަދި ނުއެނގިހުރެ ނަމަވެސް އެއެއްޗެއްސަށް ކުރެވޭ ގޯނާއެއްގެ ސަބަބުންވެސް އަވަލައިފާނެއެވެ. މިޘާލަކަށް އަޢޫޛް ނިކިޔައި އެއްލައިލެވޭ އެއްޗަކުން ޖެހި އަނިޔާ ލިބިގެންވެސް އަވަލައިފާނެއެވެ.  

އަދި ބަރަހަނާކަން ދައްކައިގެން ނުވަތަ ނިވާކަންކުޑަ ފޭރާން ލައިގެން އުޅުމާއި ހާމަތަންތަނުގައި ފާޙިޝް ޢަމަލުތައް ކުރުމަކީވެސް ޖިންނި އަވަލާ ސަބަބުތަކެވެ. އެހެނީ އެއެއްޗެއްސަކީވެސް އިންސާނުން ފަދައިން އެކަންކަން ކުރަންބޭނުންވެގެން ތިބޭ އެއްޗެއްސެވެ.  

އަހަރެމެންގެ ލޯތަކަށް ޖިންނި ނުފެނުނު ނަމަވެސް ޖިންނިއަށް އަހަރެމެން ފެނެއެވެ. އަދި ސިފަ ބަދަލުކުރުމުގެ ބާރު އެތަކެއްޗަށް ދެއްވަވާފައިވާތީ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަދެގެންދެއެވެ. މިއީ އެއްވެސް ޝައްކެއް ނެތް ކަމެކެވެ.  

ޖިންނިއެއް ތިބާގެ ހަށިގަނޑުގައިވާނަމަ މެދުވެރިވާނީ މިވެނިކަމެއްކަމަށް ބުނުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އެކިމީހުންނަށް އެކިކަންކަން މެދުވެރިވާތީއެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމަކީ: ބަނޑު ފުފުން، ބަނޑު ނުވަތަ އެހެންވެސް ބައެއް ގުނަވަން އާދައާއި ޚިލާފަށް ތޮޅުން، އަދި ޢާންމުކޮށް ނުއިވޭ ޒާތުގެ އަޑުތައް ހަށިގަނޑުން އިވޭކަމަށް އިޙްޞާޞްވުން ފަދަ ކަންކަމެވެ. އަދި މިނޫންވެސް ކަންކަން މެދުވެރިވެދާނެއެވެ.  

މިފަދަ ކަމެއްގައި ޝައްކުކުރެވިއްޖެނަމަ އަޅާނުލައި ނުހުންނާށެވެ! ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދާށެވެ. ޖިންނި ފޮނިކާއެއްޗެއްސަށް ބިރުގަންނަކަމަށްވެއެވެ. ވީމާ ފޮނިތަކެތި ކެއުން ގިނަކުރާށެވެ. އަދި ޟުޙާ ނަމާދުކުރުމުގައި ދެމިހުންނާށެވެ!  

--މޫސާ އަލް ހިޒްރީ

މިއަދު އޮންލައިން