އަނެކާގެ ރީތިކަމަށް ބަލައިގެން ކުރާ ކައިވެނިން ގިނަފަހަރު ލިބޭނީ ދެރަޢާ އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އަނެކާގެ ރީތިކަމަށް ބަލައިގެން ކުރާ ކައިވެނިން ގިނަފަހަރު ލިބޭނީ ދެރަޢާ އަނިޔާ!

އެމީހެއްގެ ކިބައިގައި އަޅައިގަންނަ ފަދަ ރީތި ސިފަތަކެއް ބޭރުފުށުން ފެންނަން ނެތްނަމަ އެމީހަކާއިއެކުގައި އުޅެން ބޭނުންވާނެ ބައިވެރިއަކު ނުހުންނާނެކަމަށް ބުނާ ބުނުމަކީ ދޮގެކެވެ. އެއީ އެއްވެސް ޙާލެއްގައި އެގޮތަށް އޮންނަ ކަމެއް ނޫނެވެ 

ރަނގަޅަށް ހޯދައިބަލާށެވެ! ހުރިހާ އަންހެނުން އަދި ފިރިހެނުންވެސް ކައިވެނިކޮށްގެން ތިބެނީ މާރީތި މީހުންނަކާއެއް ނޫނެވެ. އަދި ކައިވެނިކުރުމަށްފަހު އެކުގައި އުފަލުގައި ދިރިއުޅެވެނީ ދެމީހުންގެ ވެސް ހުރި ބޭރުފުށުގެ ސިފަ ރީތިވެގެނެއް ނޫނެވެ.  

ކައިވެނިކުރެވުމާ، އުފަލުގައި ދިރިއުޅުން ބިނާވެގެންދަނީ ދެމީހުންގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤްގެ މައްޗަށެވެ. ތަޤްވާވެރިކަމުގެ މައްޗަށެވެ. ބޭރުފުށުގެ ސިފަ ކިތަންމެ ހުތުރުނަމަވެސް އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތަކާއި ތަޤްވާވެރިކަން ހުރިނަމަ އުފަލުގައި ދިރިއުޅެވޭނެއެވެ.  

ދެން އޮތީ ބޭރުފުށުގެ ސިފަ ރީތިވުމުން ކައިވެނިކުރަން ފަސޭހަވުމެވެ. އެއީ އަދި މުޅިން ތަފާތު ކަމެކެވެ. މިޘާލަކަށް ފޮތީގައި އެއްވެސް ފެންވަރެއް ނެތަސް ރީތިވެއްޖެނަމަ ގަނެގެން ހެދުންލާ ބައަކު އުޅޭނެއެވެ. ކަމުނުގޮސްގެން ކިތަންމެ އަވަހަކަށް އެއްލާލަން ޖެހުނަސް ގަންނާނެއެވެ. 

ހަމައެކަނި ބޭރުފުށުގެ ސިފައަށް ބަލައިގެން ކައިވެނިކުރުމަކީވެސް ހަމައެފަދަ ކަމެކެވެ. އެލިބިގަންނަނީ ވަޤުތީ ހިތްހަމަޖެހުމެކެވެ. ދިރިއުޅުމުގައި އެނަގަނީ ވަރަށް ބޮޑު ރިސްކެކެވެ. އަދި ތިމާގެ އަމިއްލަ ދިރިއުޅުމަށް އެދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ!

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން