ދެމަފިރިންކުރެ މީހަކުނަމަވެސް ރުޅިގަދަވެއްޖެނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދެމަފިރިންކުރެ މީހަކުނަމަވެސް ރުޅިގަދަވެއްޖެނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް!

އެންމެންވެސް ރުޅިއަންނާނެއެވެ. މަސައްކަތްކުރަންވީ ރުޅި ކޮންޓްރޯލްކޮށް ރުޅިގަދަނުވުމަށެވެ. ރުޅިގަދަވެފައި ހުންނައިރު ސިކުނޑީގައި ވެރިކަންކުރާނީ ޝައިޠޯނާއެވެ. އެވަޤުތު އެހެން މީހުން ދައްކާ ވާހަކަ ޤަބޫލުކުރަން އުނދަގޫވާނެއެވެ.  

އެއްވެސް ކަމަކާއިހުރެ ބައިވެރިޔާ ރުޅިގަދަވެފައި ހުއްޓައި ކަންކަން އޮޅުން ފިލުވައިދޭންވެސް އެވަޤުތު ވާހަކަ ނުދައްކައި ކެތްތެރިވެލާށެވެ! އެކަމަށް ފުޜުޞަތު ފަހުން ހޯދާށެވެ! ފުރުޞަތު ލިބުމުން ކިޔައިދޭށެވެ. އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ.  

އެއްވެސް ޙާލެއްގައި މީގެ މާނައަކީ ރުޅި އައިސްގެން ހުރެ ނަމަވެސް ސުވާލެއް ކޮށްފިނަމަ ޖަވާބު ނުދިނުމެއް ނޫނެވެ. ސުވާލުކުރުމުން ޖަވާބު ނުދީހުރުމަކީ އިތުރަށް ރުޅިގަދަވާނެ ކަމަކަށްވާތީއެވެ.  

ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ ތެދުބުނުމާއިއެވެ. ވީމާ ޖަވާބުދޭންވާނި ތެދުވެރިކަމާއިއެކުގައެވެ. ދޮގެއް ހަދައިގެން މައްސަލަ ޙައްލުކުރަން ނުވެސް ވިސްނާށެވެ. އެކަމުގެ ޙަޤީޤަތް އެނގުމުން ކުރިމަތިލާންޖެހޭ މައްސަލަތައް މާގިނަވާނެއެވެ.  

ހަމަ އެއާއިއެކު އެކަކު އަނެކަކަށް އިޙްތިރާމްކުރާށެވެ! ބައިވެރިޔާއަށް އިހްތިރާމް ނުކުރެވޭ ހިށާބު އެނގޭހެއްޔެވެ؟ ތިބާ އަނެކާއަށް އިޙްތިރާމް ނުކުރާކަމަށް އަނެކާއަށް ޤަބޫލުކުރެވުނަސް އެއޮތީ އިޙްތިރާމް ނުކުރެވިފައެވެ. މާނައަކީ އެހައިވެސް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ބައިވެރިޔާއަށް އެފަދަ އިޙްޞާޞެއްވެސް ކުރެވުނަ ނުދޭށެވެ.  

ކައިވެންޏެއް އުފަލުގައި ދެމެހެއްޓުމަކީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކާށމިޔާބުކުރެވޭ ކަމެކެވެ. މިއީވެސް މުހިންމު ބައެއް ކަންތައްތަކެވެ.

 

- -މަޢުލޫމާތު: ހީނާ ޚާން މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން