މުސްލިމުންނަށް ގިނައަނބިން ހުއްދަވާތީ ކަންބޮޑުވެ ވާހަކަ ފަތުރާ މީހުންނަށް އެމީހުންނަށް ގެންގުޅެވޭ ހިލޭ އަންހެނުންގެ ޢަދަދު ނުވެސް އެނގޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މުސްލިމުންނަށް ގިނައަނބިން ހުއްދަވާތީ ކަންބޮޑުވެ ވާހަކަ ފަތުރާ މީހުންނަށް އެމީހުންނަށް ގެންގުޅެވޭ ހިލޭ އަންހެނުންގެ ޢަދަދު ނުވެސް އެނގޭ!

 

ބޮޑު ދަރުސެއްގެ ތެރެއިން ޑރ. ޒާކިރު ނައިކާއި ސުވާލުކުރެވުނެވެ. "ގިނަ އަނބިން ގެންގުޅެން ހުއްދަކޮށްގެން ތިއައުޅެނީ ކޮން އިންބާފަކުންތޯއެވެ؟" ޖަވާބުގައި ޑރ. ޒާކިރު ނައިކް ވިދާޅުވީ "ކަލޭ ތިއަ ކަންބޮޑުވަނީ އިސްލާމް ދީނުގައި ގިނައަނބިން ހުއްދަވެގެންނެވެ. ކަލާގެ ޤައުމަށް ބަލާއިރު މުސްލިމުންނަށްވުރެ ގިނައިން ގިނަ އަނބިން ގެންގުޅެނީ ކަލޭގެ ދީނުގެ މީހުންނެވެ. އެހެންވީމާ ކަލޭ ކަންބޮޑުވެގެން ތިއައުޅެނީ މީސްތަކުންނަށް ފައިދާކުރާތީ ކުރަންބޭނުންވާ ކަމެއް ކުރުން އިސްލާމް ދީނުގައި ހުއްދަވާތީހެއްޔެވެ؟" މިހެން ވިދާޅުވެފައި އެމީހުންގެ ދީނީ ފޮތުން ބަޔާންކޮށްދެއްވީ އެމީހުންގެ ބައެއް ކަލާނގެތައް ހާހުން ދެހާހުން ތިންހާހުންވެސް އަނބިން ގެންގުޅުނު ކަމެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ނިކަން ބައްލަވާ އެމެރިކާ ތަންތަނުގާ އެމީހުން އިސްލާމްދީނަށް އެޓޭކުކުރަނީ އިސްލާމް ދީނަށް ފާޑުކިޔަނީ އިސްލާމް ދީނުގާ ހަތަރު އަނބިން ހުއްދަވީމަ! އެކަމަކު އެމީހުން ދިރިއުޅޭ ދިރިއުޅުމުގެ ވައްޓަފާޅި މިހުންނަގޮތަކީ އެމީހުން ހުއްދަކުރަނީ އެކަކާ ކާވެނި ނުކުރަން. ދިހަބާރަމީހުންނާ އެކާވެނީގެ ބޭރުން ގުޅުން ބޭއްވުން ހަމަ ރީތި އެއްވެސް މައްސަލައެއް ނެތް " ސުބްޙާނަﷲ " މިހިރީ މުޑުދާރު ނަޖިސް ކަންކަން މިމީހުންގެ ކުރިމަތީގާ ރީތި، 

ހުއްދަ ޙަލާލު ގޮތުގާ ހަތަރު މީހަކު ގޮވައިގެން އެހަތަރު މީހަކު ގޮވައިގެން މިއުޅެވެނީވެސް ވަކި ޝަރުޠު ތަކެއް ހަމަވެގެން ހަމަ ހުރެބަހައްޓާފާ ތިމަންނާ ހަތަރެއް ހަމަކުރަންވެއްޖޭ! ނޫން! އެހެންނެއް ނޫން އިސްލާމް ދީނުގާ ކަންކަން ތަރުތީބު ކުރައްވާފަވަނީ ވަރަށް ވަރުގަދަ އުޞޫލު ތަކަކާ ހަމަތަކެއްގެ މަތިން (4އަނބިން ހަމަކުރެވޭނީ). 

ކޮންމެ ކޮންމެ މީހަކު އެކަމަށް ޝަރުޠު ހަމަނުވެސްވާނެ، ޚަރަދު ކުރުމާ ބެލެހެއްޓުމާ އޭނާގެ ޒިންމާތައް އަދާ ކުރެވޭ މީހަކަށް އޭނަވާންޖެހޭނެ، އޭރުން އެކަންކަން ހުއްދަވަނީ. އެކަމަކު ބޭރުފުށައް ދުނިޔެއަށް މިދައްކާލަނީ ބަލާބަލާށޭ މިތިބަ އިސްލާމުން ހަތަރު އަނބިން އެބަ ހުއްދަކޮށްލައޭ. ތިމަންމެންގެ އެންމެ އަތްބެކޭ ހުންނާނީ. 

އެކަމަކު ބައްލަވާ ކާވެނީގެ ބޭރުން ގުޅުންތައް ހިންގަނީ އަންހެން ކުދިން ބާރުވެރި ކުރުވަމޭ އަންހެން ކުދިންގެ ޙައްޤުތަކޭ ކިޔާބަހައްޓާފަ އަންހެންކުދިންގެ ހެދުން ބާލުވާފާ ކުލަބްތަކުގާ ނައްޓުވާ ހަދަނީ. ސުބްޙާނަﷲ، ކުލަބް ތަކުގާ ނައްޓުވާ ހަދަނީ. ރާބޮއެ މަސްތުވެގެން ރޭކުރެވޭ ގެއެއް އެއެއް މިއެއް ނޭގޭ ޙާލުގާ އެމީހުން އެއުޅެނީ،

 

- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

 

މިއަދު އޮންލައިން