ފަސޭހައިން ކުރެވިދާނެ މިކަންކަމަކީ ފާފަނުކޮށް ހުންނަން ބޭނުންވާ މީހާއަށް އެހީތެރިވެދޭނެ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ފަސޭހައިން ކުރެވިދާނެ މިކަންކަމަކީ ފާފަނުކޮށް ހުންނަން ބޭނުންވާ މީހާއަށް އެހީތެރިވެދޭނެ ކަންކަން!

މީހަކަށް ފާފައެއް ކުރެވޭކަން އެނގިއްޖެނަމަ އޮތީ އެމީހަކު ފަޟީޙަތްކުރުމެއް ނޫނެވެ. އެއްވެސް މީހަކު ފަޟީޙަތްކުރުމަކީވެސް ބޮޑު ފާފައެކެވެ. މުސްލިމުންނަށް ފައިދާކުރާނީ ފާފަނުކުރަން އެމީހަކަށް ހިތްވަރުދީ އެހީތެރިވުމުންނެވެ. ތިރީގައިވާ ލިޔުމަކީ މީހަކަށް ފާފަކުރެވޭކަން އެނގޭނަމަ އެކަން ހުއްޓައިލުމަށާއި އަދި ފާފަނުކޮށް ހުރުމަށް އެހީތެރިވެދޭނެ ލިޔުމެކެވެ. އިން ޝާ ﷲ   

އަޅުގަނޑަކީވެސް ލޯބީގެ އަވީގައި ޖެހި އެއިގެ ހޫނުން ފިހެމުން އައިއަންހެނަކީމެވެ. އެތައް އަހަރެއްވީއިރުވެސް ގަދަހޫނުން ސަލާމަތްކޮށްދެވޭނެ ދުވަހެއް ނައެވެ. އަބަދުވެސް މާދަން މާދަން އެވެ. އެހެންވެ އަޅުގަނޑު އެހޫނުން ދުރުވެ ހިޔާވަހިކަން ހޯދައިފީމެވެ.  

އެހެންކަމާއިއެކުގައިވެސް މިއުޅެނީ އެއިރު ކުރެވުނު ބައެއް ފާފަތައް ކުރުން ހުއްޓައިނުލެވިގެންނެވެ. އެކަންކަން ނުކުރުމުން އުނދަގޫވާތީއެވެ. އެއްވެސް ޙާލެއްގައި މިދައްކަނީ ޒިނޭކުރުން ފަދަ ބޮޑެތި ކަންކަމުގެ ވާހަކައެއް ނޫނެވެ. އެބާވަތުގެ ފާފައެއް ނުކުރަމެވެ. ނުވެސް ކުރާނަމެވެ. އިން ޝާ ﷲ  

އަޅުގަނޑު ބޭނުންވަނީ ކިތަންމެ ކުޑަނަމަވެސް ފާފައަކަށްވެދާނެ އެއްވެސް އަމަލެއްވެސް ނުކުރާށެވެ! ސަބަބުވެސް ދަންނަވާނަމެވެ. ލޯބީގެ ގަދަ ހޫނުގައި 3 އަހަރު ހޭދަކުރިއިރު އަޅުގަނޑަށް ތެޅިފޮޅެންޖެހުނީ އަޅުގަނޑު ކިޔަވާފައިވާ ފެންވަރުން ރަނގަޅު ވަޒީފާއެއް ނުލިބިގެންނެވެ.  

އެކަމަކު އެގަދަ ހޫނުން ހަމަ ސަލާމަތްވިތަނުން ހީވެސްނުކުރެވޭވަރުގެ ވަޒީފާއެއްވެސް ލިބިއްޖެއެވެ. ވީމާ މިހާރު ބޭނުންވަނީ އެންމެ ވަރުގަދަ މުސްލިމެއްގެ ގޮތުގައި އުޅޭށެވެ. އިން ޝާ ﷲ"

ކިޔުންތެރިޔާގެ ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަހެވެ! ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އިތުރު އެހީތެރިކަން ބޭނުންވާނަމަވެސް އަޅުގަނޑޔމެންގެ ޢިލްމުވެރިން އިރުޝާދު ދެއްވަވާނެއެވެ. އިން ޝާ ﷲ. އެބޭފުޅޫން ތިއްބެވީ ތިއަފަދަ ފިރިހެން /އަންހެން ބޭފުޅުންނަށް އެހީތެރިވެދެއްވަން ތައްޔާރަށެވެ.  

ތިރީގައިވާ ލިޔުމުގައި ޝައިޚް ބަޔާންކުރައްވާފައިވާ 10 ކަންތަކަކީ ކުޑަކުޑަނަމަވެސް ހިތްވަރެއް ލައިފިނަމަ ކުރަން، ސާބިތުވާން އުނދަގޫ ކަންކަމެއް ނޫނެވެ. ހަމަ ފަސޭހަ ކަންކަމެވެ.

ފާފަތަކަށް އަރައިގަތުމުގެ މައްޗަށް ކެތްތެރިވެވޭނެ ސަބަބުތައް: 

1- ފާފައިގެ ސަބަބުން އަޅާ ވެއްޓިގެންދާ ދަށު ދަރަޖަ އަޅާއަށް އެނގުން

2- ﷲ އަށް ލަދުވެތިވުން

3- ތިމާގެ މައްޗަށްވާ ﷲ ތަޢާލާ އިޙްސާންވަންތަކަމާއި، ދެއްވާފައިވާ ނިޢުމަތްތަކަށް ރައްކާތެރިވުން

4- ﷲ އަށް ބިރުވެތިވުމާއި، ﷲ ގެ ޢުޤޫބާތަށް ބިރުވެތިވުން

5- ﷲ އަށް ލޯބިވުން، ފަހެ ލޯބިވާ މީހާ ލޯބިވާ ފަރާތަށް ކިޔަމަންވާނެ

6- ނަފްސުގެ ޢިއްޒަތާއި ޝަރަފަށް ރައްކާތެރިވެ، ނަފުސުގެ އަގުވެއްޓޭނެ ކަންކަމުން ދުރުވުން

7- ފާފައިގެ ސަބަބުން ކުރާ ނޭދެވޭ އަޘަރުތަކާއި މެދު އެނގޭ ޢިލްމީ މަޢުލޫމާތު މުއްސަންދިވުން

8- ދުނިޔަވީ ޙަޔާތަކީ ވަގުތީ ޙަޔާތެއްކަން ދަނެ، އުޚްރަވީ ޙަޔާތުގެ ދަތުރަށް އުފުލަން ކުޅަދާނަ ނުވާ ފާފައިގެ ބުރައިން އެއްކިބާވުން

9- ކެއިން ބުއިމާއި ފޭރާންލުމާއި، ނިދުމާއި، މީހުންނާއި ބައްދަލުކުރުމާއި، މުނިފޫހި ފިލުވުމާއި، ހުސްވަގުތު ހޭދަކުރުމުގައި ޙައްދު ފަހަނައަޅައި ނުދިއުން

10- އީމާންތެރިކަން ތާޒާކޮށް ވަރުގަދަކުރުން 

المصدر: طريق الهجرتين وباب السعادتين- ابن القيم رحمه الله

 

- ޝައިޚް ޢަލީ ރިމާޒްގެ ދަރުސަކުން 

 

މިއަދު އޮންލައިން