ތިބާއަކީ މިއާޔަތުގަ އެބަޔާންކުރައްވަވާ ގަދަފަދަ ޢަޛާބު ޙައްޤުވާނެ މީހަކަށް ވެއްޖެނަމަ---

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ތިބާއަކީ މިއާޔަތުގަ އެބަޔާންކުރައްވަވާ ގަދަފަދަ ޢަޛާބު
ޙައްޤުވާނެ މީހަކަށް ވެއްޖެނަމަ---

 

އަހުރެމެން އެންމެންވެސް މިތިބީ ޤިޔާމަތް ދުވަހަށް އީމާންވެގެންނެވެ. ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއަށް ނުވަތަ ގަދަފަދަ ޢަޛާބުތަކުން ފުރިގެންވާ ނަރަކައަށް ވަންނަންޖެހޭނެކަންވެސް ޤަބޫލުކޮށްގެންނެވެ. ޤަބޫލުނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ވާހަކަތައް ކީރިތި ޤުރްއާނުން އެހެރީ ވަރަށް ސާފުކޮށް ފެންނާށެވެ!  

"ހަމަކަށަވަރުން، ކުށްވެރިންވަނީ، މަގުފުރެދުމެއްގައެވެ. އަދި އަނދައަނދާ ހުންނަ ނަރަކައިގެ އަލިފާނުގައެވެ. (.) (އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!" سورة القمر ٤٧-٤٨ 

މިއީ ކީރިތި ޤރުއާނުގައި ބަޔާންވެގެންވާ އާޔަތްތަކެވެ. ކިޔަވަމުންދާއިރު މާނަކިޔައިލާނެ ނަމައެވެ. ހިތަށް ބިރުވެރިކަމެއް ވަދޭތޯއެވެ!  

މިއާޔަތްތައް އަޅުގަނޑުމެން މިތިބީ ޤަބޫލުކޮށްގެންނެވެ. ނަމަވެސް ޤަބޫލުކުރެވުމަކީ މިފަދަ އާޔަތްތަކުގައިވާ ކަންކަމަށް ބިރުވެތިވެ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. ނޫންނަމަ ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ޖެހޭނީ އާޔަތުގައިވާފަދައިން ނަރަކައިގައި މޫނުވަތަށްއޮވެގެން ދެމެން ނޫންހެއްޔެވެ؟  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން