އުޟްޙިޔާ ކަތިލުމަށްޓަކައި އެހެން ޤައުމަކަށް ފައިސާ ފޮނުވައިގެން އެކަން ކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އުޟްޙިޔާ ކަތިލުމަށްޓަކައި އެހެން ޤައުމަކަށް ފައިސާ ފޮނުވައިގެން އެކަން ކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

މިއަހަރުގެ ޢުޟްޙިޔާ ކަތިލައި ނިމިއްޖެއެވެ. އެހެންކަމާއިއެކުވެސް ޝައިޚުގެ މިބަސްކޮޅު ގެނެސްމިދެނީ އަންނަ އަހަރު އުޟްޙިޔާ ކަތިލަން ބޭނުންވާ މީހުންނަށް މިބަސްކޮޅުން ފައިދާކުރާނެތީއެވެ.  

އުޟްޙިޔާ ކަތިލުމަށްޓަކައި އެހެން ޤައުމަކަށް ފައިސާ ފޮނުވައިގެން އެކަން ކުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد: 

އުޟްޙިޔާ ކަތިލުމަކީ ޢީދު ދުވަހާ ގުޅިފައިވާ ފާޅުކަން ބޮޑުވެގެންވާ، މަތިވެރި ޝިޢާރެކެވެ. އަދި އަޟްޙާ ޢީދާ ގުޅިގެން މުސްލިމުންގެ ހުރިހާ ރަށެއްގައިވެސް އެކަން ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ޢީދު ދުވަހުގައި އެކަލޭގެފާނު އަމިއްލަފުޅަށް އުޟްޙިޔާ ކަތިލައްވާފައެވެ. އެހެންކަމުން އެންމެ މޮޅުއިތުރު ގޮތަކީ އެމީހަކު އަމިއްލައަށް، އެމީހަކު އެ އުޅޭ ރަށެއްގައި އެކަން ކުރުމެވެ.  

އެފަދައިން އަމިއްލައަށް ކުރެވެން ނެތްނަމަ، އިތުބާރު ހިފޭ ބަޔަކާ އެކަން ހަވާލުކޮށްގެން އެހެން ރަށެއްގައި ނުވަތަ ޤައުމެއްގައި އެކަން ކުރުމަކީ ހުއްދަކަމެކެވެ.

- ޑރ. ޢިމްރާން މުޙައްމަދު ޢަލީ  

#DrImranQA

މިއަދު އޮންލައިން