ހިތްދަތިކަން ލިބުނުވަޤުތު އެހީތެރިވާނެ އެކަކު ނުވިޔަސް ކަންބޮޑުނުވާށެވެ! އެކަން ޙައްލުކޮށްދެއްވެވޭނެ ފަރާތް ތިމާއާއެކުގަވާނެ މީހަކަށްވުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހިތްދަތިކަން ލިބުނުވަޤުތު އެހީތެރިވާނެ އެކަކު ނުވިޔަސް ކަންބޮޑުނުވާށެވެ! އެކަން ޙައްލުކޮށްދެއްވެވޭނެ ފަރާތް ތިމާއާއެކުގަވާނެ މީހަކަށްވުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

ހިތާމައެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވާ ވަޤުތު ތިމާ ގައިގައި ފިރުމާލައި ހިތްވަރުދޭނެ މީހަކު ހުރިނަމަ އެއީ ވަރަށް ބޮޑު ނިޢުމަތެކެވެ. ބައިވެރިޔާ ނުވަތަ ޢާއިލާގެ މީހަކުނަމަވެސް އެގޮތަށް ކަންތައްކޮށްދިނުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.  

ނަމަވެސް އެކަން އެގޮތަށް ލިބެނީ މަދުމީހަކަށެވެ. ގިނަ ބައަކަށް އެކަމެއް ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ އިޙްޞާޞްތަކަށް ސަމާލުކަންދޭނެ މީހަކު ނެތްކަމަށް ޤަބޫލުކުރެވި ވަރަށް ދެރަވެވެއެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމެއްވެސް ލިބެއެވެ.  

މިއީ ހަމަ މުޅިން ބޭކާރު ވިސްނުމެކެވެ. އަހުރެމެންނަކީ ﷲ ތަޢާލާގެ އަޅުންނެވެ. ހިތާމައާއި ހިތްދަތިކަމުގައި އަހުރެމެންވާހިނދު އަހުރެމެންނާއިއެކު އެންމެ ގާތުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ. މިހެން ބުނުމުން ކުރާނެ ސުވާލަކީ އެހެންކަމަށްވާނަމަ ހިތާމަ އާއި ހިތްދަތިކަން ކުރިމަތި ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟  

އެގޮތުން ކުރާ ސުވާލަށްވެސް ޖަވާބުދޭނަމެވެ. ޖަވާބަކީ ތިބާދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އެކަމުގެ ސަބަބުންވެސް ތިބާ ﷲ ތައާލާ އާއި ކުއްތަންވާން އިތުރަށް މަސައްކަތްކޮށް ދުޢާކުރުން ގިންކުރޭތޯއެވެ؟ އެކަންކަމުގެ ސަބަބުން ތިބާއަށް ރަޙްމަތް އިތުރުކުރެއްވެވުމަށްޓަކައެވެ.  

މިކަންކަން ހިތްމައްޗަށް ގެންނަން މަސައްކަތްކުރާށެވެ! އެފަދަ ވަޤުތަކު އެއްވެސް މީހަކު ތިބާއަށް އަޅައި ނުލިނަމަވެސް ދެރަވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހިތްހަމަޖެހުން ލިބި އުފާވެރިކަންވެސް ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން