ދަރިންނަށް ނަންކިޔައި ޢަޤީޤާ ކަތިލަން ޙަދީޘްފުޅުގައި އޮތް ދުވަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ދަރިންނަށް ނަންކިޔައި ޢަޤީޤާ ކަތިލަން ޙަދީޘްފުޅުގައި އޮތް ދުވަސް!

ދަރިންނަށް ނަންކިޔަން އެންމެ ރަނގަޅީ ކޮންދުވަހަކު؟ 

މިއީ ވަރަށް ގިނަ ކިޔުންތެރިން ކުރައްވާ ސުވާލަކަށްވާތީ މިގެނެސްދެނީ ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

"ދެ ޖިންސުގެ ކުދިންނާމެދުވެސް ނަންކިޔުމުގައި މޮޅުއިތުރީ 7 ވަނަ ދުވަހު ކިޔުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

(كُلُّ غُلَامٍ مُرْتَهَنٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ، وَيُحْلَقُ، وَيُسَمَّى) [رواه الإمام أحمد وأهل السنن بإسناد صحيح] 

"ކޮންމެ ކުއްޖެއްގެ ފަރާތުންވެސް ޢަޤީޤާ ކަތިލުންވަނީ ލާޒިމުވެގެންނެއެވެ. އޭނާގެ މަތިން އެކަން ކުރާނީ ހަތްވަނަ ދުވަހުއެވެ. އަދި އޭނާގެ ބޯ ބާލައި ނަންކިޔާނީވެސް އެދުވަހުއެވެ."  

ފަހެ މޮޅުއިތުރުވެގެންވަނީ ހަތްވަނަ ދުވަހު ނަންކިޔުމެވެ. އެކުއްޖާ ވިހާ ދުވަހު ނަންކިޔުމަކީވެސް މައްސަލައެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަލުން އިބްރާހީމް އުފަންވެވަޑައިގެންނެވި ދުވަހު އެކަލޭގެފާނަށް ނަންކިޔުއްވެވިއެވެ. އަދި ބައެއް ޞަޙާބީ ބޭކަލުންގެ ދަރިދަރިކަލުންނަށްވެސް އެކަލޭގެފާނުވަނީ އެބޭކަލުން އުފަންވެވަޑައިގެންނެވި ދުވަހު ނަން ދެއްވާފައެވެ. ފަހެ އެހެންކަމުން އެއީ މައްސަލައެއް ނޫނެވެ. އެއީވެސް ސުންނަތެކެވެ. އަދި ހަތްވަނަ ދުވަހު ނަން ކިޔުމަކީވެސް ސުންނަތެކެވެ. ދުވަހަށް ބަލާއިރު އެންމެ މޮޅުއިތުރީ މިގޮތެވެ… 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله

- ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

 

މިއަދު އޮންލައިން