ޢަރަފާތު ދުވަހު ކުރަން މިއަށްވުރެ މަތިވެރި ދުޢާއެއް އެނގޭކަށް ނެތް! މަދުވެގެން ސަތޭކަފަހަރު ކުރަން މަސައްކަތްކުރޭ!: ޑރ. ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޢަރަފާތު ދުވަހު ކުރަން މިއަށްވުރެ މަތިވެރި ދުޢާއެއް އެނގޭކަށް ނެތް! މަދުވެގެން ސަތޭކަފަހަރު ކުރަން މަސައްކަތްކުރޭ!: ޑރ. ޢުމަރު ސުލައިމާން

މިއަދަކީ ޢަރަފާތު ދުވަހެވެ. ނުވަތަ ޙައްޖު ދުވަހެވެ. މަޤްބޫލް ޢުޛުރެއް ނެތްނަމަ މުސްލިމުންގެ ގިނަ ބައަކު މިއަދު ތިބޭނީ ރޯދައަށެވެ. މިއަދަކީ ރަމަޟާން މަސް ފިޔަވައި އެންމެ ގިނަ ބައަކު ރޯދަހިފާނެ އެއް ދުވަހެވެ.  

މިއަދު ކުރަން އޮތް އެންމެ ރަނގަޅު ދުޢާ އާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދޫޘްފުޅުކުރައްވަވާފައިވަނީ ޢަރަފާތު ދުވަހު ކުރަން އެންމެ ފައިދާހުރި ދުޢާއަކީ މިދުޢާކަމަށެވެ.  

لا إله إلا الله وحدهُ لا شريك لهُ، لهُ الملكُ ولهُ الحمدُ، وهو على كل شيءٍ قدير 

"ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްވެސް ބައިވެރިއަކު އެއިލާހަށްނުވާ އެއްކައުވަންތަ އިލާހްއެވެ. ހުރިހާ ވެރިކަމަކާ ޙަމްދެއް ޙައްޤުވެގެންވަނީ އެއިލާހަށެވެ. އެއީ ކޮންމެ ކަމެއްގެ މައްޗަށް ކުލަދުންވަންތަ އިލާހްއެވެ."

ވީމާ ކޮންމެ މީހަކުވެސް ވީހާ ގިނައިން މިދުޢާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! މަދުވެގެން 100 ފަހަރު ދުޢާކުރަން މަސައްކަތްކުރާށެވެ! އަދި އެއަށްވުރެވެސް ގިނަކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތީ ދުޢާކޮށް ދެންނެވި ވަރަކުންނެވެ.

 

- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން