ހަމަ އެންމެ ސުވާލެކެވެ. ބޮޑުކަމެއް ޖެހުމުން މީހަކަށް ގުޅަން ނުއުޅެ، އެފަދަ އެއްވެސް ކަމެއް ނުކޮށް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތަށް ދުވަހަކުވެސް ދުޢާކުރީމމުހެއްޔެވެ؟ ދުޢާކުރެވިފައިވާނަމަ އެކަން ވީގޮތްނިކަން ބުނެލަދީބނަލާށެވެ!
އަޅުގަނޑޫމެން އަބަދުވެސް ތިބެންވީ ކޮންމެ ކަމެއް ޖެހުނަސް ފުރަތަމަ ކަމަކަށް ﷲ އަށް ދުޢާކުރަން ތައްޔާޜަށެވެ. ފައިވާނުގެ ވަދުކެނޑުނަސް ﷲ އަށް ދުޢާކުރަން އޮތް ބަސްފުޅުން މިބުނި ވާހަކަ ޔަޤީންކުރެވޭނެއެވެ. ދުޢާކުރަންވީ ދުއްވާނެ އަގުބޮޑުކާރެއް ނުލިބިގެން އެކަނި ނޫންކަމާއި އެންމެ ކުޑަމިނުން އަރައިލާނެ ފައިވާނެއް ނެތަސް ފައިވާނުގެ ވަދު ކެނޑުނަސް އޮތީ ދުޢާކުރުން ކަމެވެ.
كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ عِنْدَ الْكَرْبِ: «لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.
لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.
لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ».
[مُتَّفَقٌ عَلَيْهِ]
ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.
لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.
لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ.
މާނައީ: "މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.
މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.
އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
- ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله"
- ޝައިޚް ޙުސައިން ޠާރިޤް
___________________________________
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –