އެންމެ ގިނައިން ދެކެވޭ އެއްވާހަކައަށްވާނީ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ދެކެވޭ ވާހަކަތަކެވެ. އެކަމާއި ކަންބޮޑުވެވޭ ވާހަކައެވެ. އެހެންވެ އެދެނީ ތިރީގައިވާ ބަސްފުޅަށް ޢަމަލުކުރައްވައިގެން ދުޢާކުރެއްވެވުމެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.
ދުޢާކުރުމުގެ ކުރިން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވައި، އަދި ދުޢާގެ މެދުތެރެއިންވެސް އެކަލޭގެފާނަށް ޞަލަވާތް ކިޔަވައި އަދި ދުޢާކޮށް ނިމޭކޮޅު އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމަކީ، ކުރާ ދުޢާތައް އިޖާބަވުމަށްވާ އެންމެ ވަރުގަދަ ސަބަބެވެ.
إقتضاء الصراط ٢/٢٤٩
އައްޝައިޚް އަޙްމަދު ބަޝީރު