ދަރަނިން ސަލާމަތްނުވެވޭނަމަ އޮތީ ކަންބޮޑުވެގެން ހުރުމެއް ނޫން! ގިނަގިނައިން މިދުޢާކުރުނަ!

ކިޔުމަށް ހޭދަވާނީ 2މ
ދަރަނިން ސަލާމަތްނުވެވޭނަމަ އޮތީ ކަންބޮޑުވެގެން ހުރުމެއް ނޫން! ގިނަގިނައިން މިދުޢާކުރުނަ!

ޢާއިޝަތު ރަފާޙް ޢަލީ

 

ޢަލީގެފާނުގެ އަރިހަށް، މިނިވަންވުމަށްޓަކައި ސާހިބުމީހާއަށް ފައިސާ ދައްކަން އެއްބަސްވެފައިވާ 'މުކާތަބު' އަޅަކު އައިސް، އެ ފައިސާ ނުދެއްކިގެން އެހީތެރިކަމަށް އެދުނުހިދު ޢަލީގެފާނު ވިދާޅުވިއެވެ: "ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނަށް ދަސްކޮށްދެއްވި ކަލިމަތަކެއް ކަލޭގެއަށް ދަސްކޮށްދެން ހެއްޔެވެ؟" އެއަށްފަހު އެކަލޭގެފާނު މި ދުޢާ ދަސްކޮށްދެއްވިއެވެ: (اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِފَضْلِكَ عَمَّنْ سِوَاكَ)މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ! އިބަރަސްކަލާނގެ ޙަރާމްކުރެއްވި ތަކެތީގެ ބަދަލުގައި، ޙަލާލު ތަކެތިން އަޅާއަށް ފުއްދަވައިދެއްވާފާނދޭވެ! އަދި އިބަރަސްކަލާނގެ ފަޟްލުވަންތަކަމުން، އިބަރަސްކަލާނގެ ފިޔަވައި އެހެން އެންމެންގެ ކިބައިން އަޅާ މުއްސަނދިކޮށް (ފުދިގެންވާ މީހަކަށް) ހައްދަވައިދެއްވާފާނދޭވެ!"

ދުޢާ:

(اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِފَضْلِكَ عَمَّنْ سِوَاكَ)މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ! އިބަރަސްކަލާނގެ ޙަރާމްކުރެއްވި ތަކެތީގެ ބަދަލުގައި، ޙަލާލު ތަކެތިން އަޅާއަށް ފުއްދަވައިދެއްވާފާނދޭވެ! އަދި އިބަރަސްކަލާނގެ ފަޟްލުވަންތަކަމުން، އިބަރަސްކަލާނގެ ފިޔަވައި އެހެން އެންމެންގެ ކިބައިން އަޅާ މުއްސަނދިކޮށް (ފުދިގެންވާ މީހަކަށް) ހައްދަވައިދެއްވާފާނދޭވެ!"

- ޝައިޚް އުޘްމާން އަލްޚަމީސްގެ ދަރުސަކުން

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން