ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ނަމާދުގައި ގިނަބައަކަށް ކުށްތައް ކުރެވެނީ އަތާއި ފަޔަކުން ނޫނެވެ. އެމީހުންގެ ހިތުންނެވެ. އެއީ ޚިޔާލުތައް ގިނަވެ ޚުޝޫޢަތެރިނުވެވޭތީއެވެ. ޖަމާޢަތުގައި ނަމާދުކުރާ ގިނަބައަކު ނަމާދުކުރަންކުރާކަމަކީ އިމާމުގެ އަޑަށް ޙަރަކާތް ކުރުމެވެ. އެވަރަކުން އަދި އެއީ ނަމާދުކުރުންކަމަކަށް ނުވެއެވެ. އެހެންކަމުން ކުރެވޭ ޚިޔާލުތައް ގިނަވެ ނަމާދުގަ ޚުޝޫޢަތްތެރިވާން އުނދަގޫވާނަމަ ތިރީގައިވާ ލިޔުމުގައިވާ ކަންކަން ނިކަން ތަޖުރިބާކޮށްލަބަލާށެވެ!
ނަމާދަށް ހުންނައިރުގަ ތަފާތު ޚިޔާލުތައް އައުން އެއީ އިންސާނެއްގެ ޙައިޞިއްޔަތުން ކޮންމެމީހަކަށް ވެސް ވެދާނެ ކަމެއް، އެއީ ރަސޫލުﷲ ﷺ ގެ އަޞްޙާބު ބޭކަލުންނަށްވެސް އެފަދަ ކަންތައްތައް އެބަހުރި ދިމާވެފަ، ދިމާވެގެން ރަސޫލުﷲ ﷺ އަށް އެކަމުގެ ޝަކުވާ ކުރައްވާފަ އެބަހުރި
ދެން ރަސޫލުﷲ ﷺ އެބޭކަލުންނަށް އިރްޝާދު ދެއްވާފަވަނީ އެފަދަ ވަސްވާސްތައް އަތުވެއްޖެކަމަށްވަނީނަމަ ވާތްފަރާތަށް ތިންފަހަރު ފުމެލާށޭ ފުމެލާފަ އަޢޫޛު ކިޔާށޭ އެއީ ޝައިޠާނުންގެ ތެރެއިން ޝައިޠާނެއް އައިސް އޭނަ ނަމާދުން ދުރުހެލި ކުރުމަށްޓަކައި އެމަސައްކަތް ކުރަނީ. އެހެންނަމަވެސް އަޅުގަނޑުމެން އެފަދަ ކަންތައްތަކުން ދުރުހެލިވާން، މިސާލަކަށް ބޭކާރު ޚިޔާލުތައް އަންނަން ފެށީމާ ވީހާވެސް ބޮޑަކަށް އެކަމުން ދުރުހެލިވާން އަޅުގަނޑުމެން މަސައްކަތް ކުރަން ފެށީމާ ދެން އެޝައިޠާނާ ވަރުބަލިވެގެން އޭނާޔަށް މާޔޫސްކަން އައިސްގެން އޭނަ އެކަމުން ދުރުހެލިވެ އަޅުގަނޑުމެން ދޫކޮށްލާފަ ދާނެ.
އެހެންވީމާ އެޝައިޠާނާގެ ނުވަތަ ނަމާދުގެ ތެރޭގައި ބޭކާރު ނަމާދުން ބޭރު ޚިޔާލުތަކާއި ވަސްވާސްތަކުން ދުރުހެލިވުމަށްޓަކައި އެންމެ ރަގަޅުގޮތަކީ ނަމާދުގާ ކިޔާ އެއްޗިއްސާމެދުގާ ވީހާވެސް ބޮޑަށް ވިސްނަން ހުރުން ނަމާދުގާ ކިޔާ އެއްޗެހީގެ މާނަ އަޅުގަނޑުމެންނަށް ދަސްކުރެވުނު ގޮތަކަށް ދަސްކޮށްގެން އެކިޔޭއެއްޗަކާ މެދުގާ ވިސްނަން ހުރުން ޙަޤީޤަތުގާ ވަރަށް ގިނަ ދުޢާތަކެއް އަޅގަނޑުމެން ނަމާދުގާ ﷲ ގެ ހަޟްރަތުގާ މިދަންނަވަނީ.
މިސާލަކަށް ދެސަޖިދަގެ ދެމެދުގާ ދުޢާކުރާއިރުގާވެސް رَبَ إغْفِرْلِى وَارْحَمْنِى ހައްދަވާ ގެންގުޅުއްވާ އިލާހޭ މިއަޅާގެ ފާފަ ފުއްސަވާނފާނދޭވެ! މިއަޅާއަށް ރަޙްމަތް ލައްވާފާނދޭވެ! وَارْزُقْنِى މިއަޅާޔަށް ރިޒްޤު ދެއްވާފާނދޭވެ! މިގޮތަށް މިކަހަލަ ބައިވަރު ދުޢާތަކެއް މިކިޔެނީ އެހެންވީމާ، މިދުޢާތަކުގައި މިކިޔެނީ ކީކޭކަން ތިމާގެ ހިތަށް އައިމަވެސް އިތުރު ޚިޔާލުތަކަށް ނުވަދެ ނަމާދުގެ ތެރޭގަ ޚިޔާލު ގެންގުޅުން އެއީ ހަމަ ފަސޭހަކަމަކަށް ވެގެން ދާނެ އެހެންވީމާ އެކަމަށް ބޮޑަށް މަސައްކަތް ކުރަންވާނެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
- މިއަދުނޫސް