ދެން އެއްވެސް މަގެއް ފެނިދާނެކަމުގެ އުންމީދު ގެއްލޭ ޙާލަތެއް ކުރިމަތިވިޔަސް މާޔޫސްނުވެ މިދުޢާކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދެން އެއްވެސް މަގެއް ފެނިދާނެކަމުގެ އުންމީދު ގެއްލޭ ޙާލަތެއް ކުރިމަތިވިޔަސް މާޔޫސްނުވެ މިދުޢާކޮށްލާށެވެ!

އެކިމީހުންނަށް ކަންކަން ކުރިމަތިވާނީ އެކިމިންވަރަށެވެ. އެކިފަހަރު ކުރިމަތިވާނީވެސް އެކި މިންވަރަށެވެ. ބައެއް ފަހަރު ހަތަރުއުދަރެސް ފެނުޖެހުނީއޭ ބުނެވޭ މިންވަރަށްވެސް ކަންކަން ކުރިމަތިވެއެވެ.  

ކެތްތެރިވާން ކިތަންމެ ބޮޑަށް މަސައްކަތްކުރިނަމަވެސް ދިމާވާ ޙާލަތެއްގެ ސަބަބުން މާޔޫސްވެވުން އެއީ އިންސާނުންނަށް ކުރިމަތިވާ ކަމެކެވެ. އެޙާލަތުގައި ފުރަތަމަކަމަކަށްވެސް ކުރަން އޮތް ކަމަކީ އެކަމަކަށް ކުރަން އޮތް އެންމެ ރަނގަޅު ދުޢާއެއް ކުރުމެވެ.  

މިޘާލަކަށް ބުނާނަމަ އެއްވެސް އެއްޗެއް އަތުގަ ނެތީހެއްޔެވެ؟ ކާނެ އެއްޗެއް، ބޯހިޔާވަހިކުރެވޭނެ ގޮތެއް ފަދަ އެއްވެސް ކަމެއް ކުރެވޭނެ މަގެއްވެސް ފެންނަން ނެތީހެއްޔެވެ؟ އެހީތެރިވާނެ އެއްވެސް މީހަކުވެސް ނެތީހެއްޔެވެ؟  

އެޙާލަތުގައި މޫސާގެފާނު ކުރެއްވެވި ދުޢާ ކޮށްލާށެވެ!  

رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ 

[އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.]{ޤަޞަޞު 24} 

ދުޢާކުރައްވައި ނިމުނުތަނުން އަނބިކަނބަލަކާއި ދިރިއުޅުއްވަވާނެ ގެދޮރާއި ރިޒްޤްވެސް ދެއްވެވިއެވެ. އަހަރެމެންވެސް ތެދުވެރިވެ ދުޢާކުރީމާ ހަމައެފަދައިން ދެއްވަވާނެތެވެ. އިން ޝާ ﷲ ވީމާ މިއީ ހިތުގައި ޔަޤީންކަން ބާއްވައިގެން ކުރަމުން ގެންދަން އޮތް ދުޢާއެކެވެ.

 

މިއަދު އޮންލައިން