ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެވޭނެ މަގެއް ދައްކަވައި ހިތްދަތިކަމުގެ ބަދަލުގައި އުފާވެރިކަން މިންވަރުކުރައްވަވާނެ ދުޢާއެއް! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެވޭނެ މަގެއް ދައްކަވައި ހިތްދަތިކަމުގެ ބަދަލުގައި އުފާވެރިކަން މިންވަރުކުރައްވަވާނެ ދުޢާއެއް! އިން ޝާ ﷲ: މުފްތީ މެންކް

ތިބާގެ ލޮލުން ވައްޓައިލާ ކޮންމެ ކަރުނަ ތިއްކެއްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ތިބާގެ ހިތުގައި ވަންހަނާކޮށްގެން ހުރި ކަންކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެކަންކަން މީސްތަކުންނަށް އަންގަން މަސައްކަތްކުރުމުގެ ބަދަލުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި މިފަދައިން ދުޢާކުރަމުން ގެންދާށެވެ! ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެވޭނެ މަގެއް ދައްކަވާނެތެވެ. ހިތްދަތިކަމުގެ ބަދަލުގައި އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ޔާ ﷲ! މިއަޅާއަށް ތަޙައްމަލްކުރަންޖެހިފައިވާ ހިތްދަތިކަމުގެ ބަދަލުގައި އުފާވެރިކަން ދެއްވަވާނދޭވެ! ހިތްދަތިކަން ލިބެމުން އަންނަ ކޮންމެ ކަމެއްގެ ބަދަލުގައި ހިތްހަމަޖެހުން ލިބޭނެ ކަމެއް މކިންވަރުކުރައްވަވާނދޭވެ!

ޔާ ﷲ! މިއަޅާއަށް ކުރަން ބޮޑުވެފައިވާ ކަންކަމަކީ ލުއިފަސޭހަކަމެއް ކަމުގައި ލައްވަވާނދޭވެ! އާމީން  

ﷲ ތަޢާލާ ތިބާއަށް ލައްވަވަންހުރި ކިތަންމެ ކުޑަކުޑަ ރަހްމަތަކަށްވެސް ހުރަސްއެޅޭނެ އެކަކުވެސް ނުހުންނާނެއެވެ. ވީމާ މީސްތަކުންނަށް އާދޭސްކުރުން ހުއްޓާލައި ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހަކުކަމުގައިވާށެވެ! ތިބާއަށް ހުރި ހުރިހާ މައްސަލަތަކެއްވެސް ޙައްލުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން